29 މާރިޗު 2020 ( އާދީއްތަ )

banner

ޏ.އޭއީސީގެ ދަރިވަރުން އިމްތިހާނު ހަދަނީ. ފޮޓޯ ޏ.އޭއީސީ

ރާއްޖޭގައި ބާއްވާ ޖީސީއީ އޯލެވެލް އާއި އޭލެވެލް އިމްތިހާނު އަދި ކެންސަލެއް ނުކުރޭ

ރާއްޖޭގައި އަންނަ މޭ/ޖޫން މަހު ބޭއްވުމަށް ތާވަލް ކުރެފައިވާ ކެމްބްރިޖް އައިޖީސީއީ އަދި ޖީސީއެސްއީ އިމްތިހާނާއި އޭއެސް ލެވެލް (އޭލެވެލްގެ ފުރަތަމަ ބައި) އިމްތިހާނުތައް ނުބޭއްވުމަށް އަދި ކަނޑައަޅާފައި ނުވާކަމަށް ކެމްބްރިޖު އިމްތިހާނާއި ބެހޭ ފަރާތުން (ކެމްބްރިޖް އެސެސްމެންޓްސް އިންޓަރނޭޝަނލް އެޑިއުކޭޝަން އިން) ހާމަކުރެއެވެ.

މިއަހަރު މެއި/ޖޫން މަހު އިނގިރޭސިވިލާތުގައި އެއްވެސް އިންތިހާނެއް ނުބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު އިއްޔެ ނިންމަވައި އެކަން ވަނީ އިއުލާކޮށްފައެވެ. ވުމާއެކު އިނގިރޭސި ވިލާތުގެ އިމްތިހާން މި މެއި/ޖޫން ގައި ނޯންނާނެއެވެ. އިނގިރޭސިވިލާތުގައި ނުބޭއްވުމަށް ނިންމާފައި ވަނީ އެހެން ގައުމުތަކުގައި ބާއްވާ އިމްތިހާނު ނޫން ކަމަށް ކެމްބްރިޖް އިންޓަނޭޝަނަލް އެގްޒޭމްސް (ސީއައިއީ) ހަމަކުރެވެ. އިނގިރޭސިވިލާތުގައި ބާއްވަނީ ޖީސީއެއސްއީގެ އިމްތިހާނުތަކެއް ތަކެކެވެ. އެއިނމްތިހާނުތަކުގެ ސިލަބަސް އައިޖީސީއެސްއީއާއި ތަފާތެވެ.

ވުމާއެކު އެހެން ގައުމުތަކުގައި އިމްތިހާނު އަދި އޮތީ ކުރިޔަށް ގެންދާގޮތަށެވެ. ރާއްޖޭގައި މޭ/ޖޫން މަހު ބާއްވަނީ އެޑެކްސެލް އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނެވެ. ކްމެބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޯބަރ/ނޮވެމަބަރު މަހުގައެވެ.

އެޑިއުކޭޝަން މިނިސްޓރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖޭގައި ބާއްވާ އެޑެކްސެލް އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވެއެވެ.

އެގޮތުން ކެމްބްރިޖު އައިޖީސީއެސްއީ، ކެމްބްރިޖް އޯލެވެލެ، ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އަދި އޭ ލެވެލް، ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ އިތުރުން ކެމްބްރިޖް އިންޓަރނޭޝަނަލް ޕްރޮޖެކްޓް ކޮލިފިކޭޝަން ވެސް އިނގިރޭސިވިލާތް ނޫން އެހެން ތަންތަނުގައި އަދި އޮތީ ކުރިޔަށް ގެންދާގޮތަށެވެ. އިނގިރޭސިވިލާތް ނޫން އެހެން ގައުމުތަކުގައި ސްކޫލްތައް ހުޅުވައި އިމްތިހާނު ބޭއްވޭ ހާލަތެއްގައި ކަންކަން އޮވެ ސަލާމަތީ ކަންތައްތައް ރަނގަޅަށް ހުރިހާ ހިނދަކު އިމްތިހާނު ކުރިޔަށް ގެންދެވޭނެކަމަށް ހާމަކޮށްފައި ވެއެވެ.

ސީއައިއީން ހާމަކުރާއްވާ ގޮތުގައި އެފަރާތުން އަންނަނީ ކްރޯނާވައިރަސްއާއި ގުޅިގެން ސްކޫލްތަކާއި ދަރިވަރުން އަދި މުވައްޒަފުންގެ ހާލަތު ބައްލަވަމުންނެވެ. އެފަރާތުން ވެސް އެންމެ އިސްކަމެއް ދޭނީ އެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ހާމަކުރެއެވެ. އެފަރާތުން އަންނަނީ ސަރަހައްދީ ޓީމުތައް މެދުވެރިކޮށް އެމީހުންނާއި ގުޅިފައިވާ ސްކޫލްތަކުގެ ހާލަތު ކައިރިން ބަލަމުން ކަމަށެވެ. އަދި މިކަމާއި ބެހޭ މައުލޫމަތު އަބަދުވެސް ބަލަމުން ދިއުމަށް އެދިަފއި ވެއެވެ.

ކޯވިޑް19ގެ ހާލަތާއި ގުޅިގެން ސީއައިއީ އިން ވަނީ މެއި/ޖޫން މަހު ބާއްވާ އިމްތިހާނުތަކުން ވަކިވުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހު 17އާއި ހަމަޔަށް އިތުރު ކޮށްފައެވެ.

ކެމްބްރިޖް އިމްތިހާނާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓްސް ބައްލަވާލެއްވުމަށް މިލިންކް ބޭނުންކުރައްވާ.ކިޔުންތެރިންގެ ޚިޔާލު