A wide advertisement which will be shown on all devices. (700 x 100)

ތެލުގެ އަގު ދެވަނަ ފަހަރަށް ހެޔޮކޮށްފި

މިއަދު، 21 މާރިޗުން ފެށިގެން ފުވައްމުލައް ސިޓީއިން ތެޔޮ ވިއްކާ އަގުތައް

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ސަރުކާރުގެ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން (އެސްޓީއޯ އިން) ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން އަނެއްކާވެސް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމާ ގުޅިގެން ފުވައްމުލައް ސިޓީން ވެސް ތެޔޮވިއްކާ އަގު މިވަނީ ހެޔޮކޮށްފައެވެ.

އެގޮތުން ފުވައްމުލައް ސިޓީން މިއަދުން ފެށިގެން ތެޔޮ ވިއްކަނީ:

ޕެޓްރޯލް ލިޓަރެއް 9.90 ރުފިޔާ

ޑީސަލް ލިިޓަރެއް 8.93 ރުފިޔާ އަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ފުރަތަމަ ހެޔޮކުރީ 13 މަރިޗުގައެވެ. އެއީ ކުރިން 10.13 ރުފިޔާ އަށް ވިއްކަމުން އައި ޕެޓްރޯލް ލިޓަރެއް 9.61 ރުފިޔާއަށް، އަދި ކުރިން 10.89 ރުފިޔާއަށް ވިއްކި ޑީސަލް ލިޓަރެއް 10.39ރ. އަށް ކުޑަކޮށެވެ.

މިއަދުން ފެށިގެން އަނެއްކާވެސް މިވަނީ އަގުތައް ދަށްކޮށްފައެވެ. އެގޮތުން މާލޭ ރީޖަނަށް މިއަދުން ފެށިގެން ތެޔޮ ވިއްކަނީ؛

ޕެޓްރޯލް ލިޓަރެއް 8.07 ރުފިޔާ

ޑީސަލް ލިިޓަރެއް 8.71 ރުފިޔާ އަށެވެ.

މިހާރު މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ ކޯވިޑް 19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް އަންނީ ތެލުގެ އަގު ވެއްޓެމުންނެވެ. އެކަމަކު އެމެރިކާ ޑޮލަރުގެ އަގު އަންނަނީ އުފުލެމުންނެވެ. އެމެރިކާ ޑޮލަރުގެ އަގު އުފުލޭކަމަށް ވާނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުހެޔޮވި ކަމުގައި ވިޔަސް އެމިންވަރަށް ރާއްޖޭގެ ބާޒާރުން ތެޔޮ އަގުހެޔޮ ކުރެވިގެން ދާނެކަމަކަށް ނުބެލެވެއެވެ. އެއީ ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމަށް އެމެރިކާ ޑޮލަރު ގަންނަން ޖެހޭތީއެވެ.

މިއަދު، 21 މާރިޗުން ފެށިގެން މާލެ ސަރަހައްދުން ތެޔޮ ވިއްކާ އަގުތައް

އަބަދުވެސް ފުވައްމުަލއް ސިޓީން ތެޔޮ ވިއްކަނީ މާލެ ސަރަހައްދުން ތެޔޮ ވިއްކާ އަގަށްވުރެ ބޮޑުކޮށެވެ. އެއީ ތެޔޮ އުފުލުމުގެ އަގާއި ރައްކާކުރުމުގެ އަގު އެއަށް ހިމަނައިގެން ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !