A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގެ ބައެއް ފަރާތްތަކުން ފުވައްމުލަކު ހޮސްޕިޓަލަށް އެހީތެރިވެދެނީ

ކޯވިޑް19 އާއި ގުޅިގެން އައިބޭއިން ފުވައްމުލަކު ހޮސްޕިޓަލަށް އެހީވެދިނުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަކަށް ފުވައްމުލައް ސިޓީގެ ބައެއް ފަރާތްތަކުން އެހީތެރިވެދީފިއެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް އައިބޭގެ އޯނަރު އިސްމާއީލް ރަފީގު އާއި ރައްޔިތުންގެ މަޖުލިސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފުވައްމުލަކު ޓައިގަރ ޝާކް ޑައިވް ސެންޓަރު ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް އެހީތެރިވެދީފައި ވެއެވެ.

އެގޮތުން އައިބޭގެ އޯނަރު އިސްމާއީލް ރަފީގު ވަނީ ހޮސްޕިޓަލުގެ ވޯޑެއް އެއާކޯން ކޮށްދީ ހުންބެލުމަށް ބޭނުންކުރާ އެންމެފަހުގެ އިންފްރާރެޑް 2 ތާމޯމީޓާ ހަދިޔާކޮށްފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ. އިސްލާއީލް އެއަރ ކޯން ކޮށްދިން ބަލިމީހުންގެ ވޯޑަކީ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑެވެ. ކުޑަކުދިންގެ ވޯޑް އެއާކޯން ކުރަން ޖެހުނީ ކޮވިޑް-19 ގެ އައިސޮލޭޝަން ފެސިލިޓީއަކަށް މެޓާނިޓީ ވޯރޑް ހަމަޖައްސާފައި ވުމުން މިހާރު ވިހައިގެން ތިބޭ އަންހެނުން ބައިތިއްބާނީ ކުޑަކުދިންގެ ވޯރޑް ކަމަށްވުމުންނެވެ. އަދި މިހާރު އެއަރކޯން ކުރެވި ފައިވާކަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ފާއިތުވި ބުދަ ދުވަހު އިސްމާއިލް ރަފީގު ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރާ މަސައްކަތް ބައްލަވާ ލައްވާލައްވާފައެވެ.

ކޯވިޑް19 އާއި ގުޅިގެން މެމްބަރު ރަޝީދު ފުވައްމުލަކު ހޮސްޕިޓަލަށް އެހީވެދިނުން

މީގެ ިއތުރުން މަޖުލިސް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވެސް ފުވައްމުލަކު ހޮސްޕިޓަލަށް މެޑިކަލް މަސައްކަތަށް ބޭނުންވާ ސާމާނު ހަދިޔާކޮށޮފައި ވެއެވެ. އގޮތުން މެންބަރު ރަޝީދު ހަދޔާކޮށްފައ ވަނީ 1000 ފޭސް މާސްކް، 1000 އިއަރލޫޕް މާސްކް އަދި 3000 ނޮން-މެޑިކަލް ވިނީލް ގޮލޮވްސްގެ އިތުރުން 1000 ނޮން-މެޑިކަލް ހެއަރ ނެޓާއި ނޮން-މެޑިކަލް އޭޕްރަންގެ 1000 ޕީސް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ފުވައްލައް ސިޓީގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރަމުން އަންނަ ފުވައްމުލައް ޓައިގަރ ޝާކް ޑައިވް ގެ ފަރާތުން ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ސާޖިކަލްމާސްކް ތަކެއް ހަދިޔާކޮއްފައެވެ. ފުވައްމުލައް ޓައިގަރ ޝާކް ޑައިވްގެ ފަރާތުން ހަދިޔާކުރީ 100 ފޭސްމާސްކެވެ. އެމާސްކްތައް ބޭނުންކުރަނީ ރަށުތެރޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ސްޕްރޭ ކުރާ ފަރާތްތަކުން ކަމަށް ސިޓި ކައުންސިލުން ހާމަކުރެއެވެ.

ކޯވިޑް19 އާއި ގުޅިގެން އައިބޭއިން ފުވައްމުލައް ސިޓީ ކައުންސިލަށް އެހީވެދިނުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !