31 މެއި 2020 ( އާދީއްތަ )

banner

އެޑެކްސެލް އޭލެވެލް މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރަށް ލަސްކޮށްފި

އެޑެކްސެލް އޭލެވެލް އިމްތިހާނު މިއަހަރު އޮކްޓޯބަރު/ނޮވެމްބަރަށް އެޑިއުކޭޝަނުން ލަސްކޮށްފި

ރާއްޖޭގައި އަންނަ މޭ/ޖޫންގައި ހަދަަން ތާވަލް ކުރެވިފައިވާ ޕިއާސަންގެ އެޑެކްސެލް އޭއެސްލެވެލް އަދި އޭލެވެލް އިމްތިހާނު މިއަހަރު ފަހުކޮޅު އޮކްޓޯބަރު/ނޮވެމްބަރު މަހު ބާއްވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ލަސްކޮށްފިއެވެ.

ކުރިން ތާވަލް ކުރެވިފައި އޮތީ އެއިމްތިހާރު އަންނަ މޭ/ޖޫން ގައި ހެދުމަށެވެ. ރާއްޖެއިން އިމްތިހާނު ލަސްކުރިއަސް އެޑެކްސެލް އިންޓަނޭޝަނަލް އިން އަދި އިގިރޭސިވިލާތް ނޫން އެހެން ގައުމުތަކުގެ އިމްތިހާނު ލަސްކުރިކަން ނުވަތަ ކެންސަލް ކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

އެޑެކްސެލް އިންޓަނޭޝަނަލް އިން ހާމަކުރާ ގޮތުގައި އެމީހުން ވެސް އެންމެ އިސްކަމެއް ދެނީ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އަދި އެފަރާތުން އަންނަނީ ކްރޯނާވައިރަސްއާއި ގުޅިގެން ސްކޫލްތަކާއި ދަރިވަރުން އަދި މުވައްޒަފުންގެ ހާލަތު ބައްލަވަމުންނެވެ. ނަމަވެސް މި މާރިޗު މަހު 20 ގައި އެޑެކްސެލް އިން ނިންމާފައި ވަނީ ގައުމުތަކުގެ ހާލަތަށް ބަލައި، އެގައުމެއްގެ ސްކޫލްތައް ހުޅުވާފައިވާފައި ވާނަމަ އަދި ސަލާމަތާއި ރައްކާތެރިކަމާއެކު އިމްތިހާނު ބޭއްވޭނެ މާހައުލެއް އޮތް ގައުމުތަކުގައި މޭ/ޖޫން އިމްތިހާނު ބޭއްވުމަށެވެ. އަދި އެގައުމެއްގެ ހާލަތާއި ގުޅޭގޮތަށް އިމްތިހާނުގެ ކަންތައްތަކުގައި އެހީތެރިކަން ދެމުން އަންނާނެ ކަމަށް އެޑެކްސެލްއިން ހާމަކޮށްފައި ވެއެވެ.

އެޑެކްސެލް އިން މޭޖޫންގައި ބާއްވާ ބައިނަލް އަގުވާމީ އިމްތިހާނުތަކަކީ:

އިންޓަނޭޝަނަލް ޕްރަމަރީ (iPrimary)

އިންޓަނޭޝަނަލް ލޯވަރ ސެކަންޑަރީ (iLowerSecondary)

އިންޓަނޭޝަނަލް ޖީސީއެސްއީ (International GCSE) އަދި

އިންޓަނޭޝަނަލް އޭލެވެލް (International A Level) އެވެ.

ކެމްބްރިޖް އިންޓަނޭޝަނަލް އިން އަންނަ މޭ/ޖޫން މަހު ބޭއްވުމަށް ތާވަލް ކުރެފައިވާ ހުރިހާ އިމްތިހާނުތައް ނުބޭއްވުމަށް އިއްޔެ (23 މާރިޗު 2020) ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި މޭ/ޖޫން މަހު އެޑެކްސެލް އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާން ބާއްވާއިރު ކްމެބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނު ބާއްވަނީ އޮކްޓޯބަރު/ނޮވެމަބަރު މަހުގައެވެ. ވުމާއެކު ކެމްބްރިޖެ އިންޓަނޭޝަނަލްގެ މި ނިންމުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަކަށް ނުބެލެވެއެވެ.

ވުމާއެކު މިއަހަރު ރާއްޖޭގެ ދަރިވަރުންް އޯލެވެލް އާއި އޭލެވެލް ހަދާނީ އެއްދުވަސް ވަރެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މިނިންމުމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ މަރުހާބާ ކިޔާފައެވެ. އަދި ބުނެފައި ވަނީ އެއީ ވަރށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓރީގެ މިންމުމާއެކު ރާއްޖޭަގއި މޭ/ޖޫން ގައި ބާއްވާ އިމްތިހާނެއް މިއަރު ނޯންނާނެއެވެ.ކިޔުންތެރިންގެ ޚިޔާލު