ހުރިހާ ގައުމެއްގެ ކެމްބްރިޖު މޭ/ޖޫން އިންތިހާނުތައް ކެންސަލް ކޮށްފި! އެޑެކްސެލް އަދި ނުކުރޭ!

ރާއްޖޭަގއި މޭ/ޖޫންގައި ބާއްވަނީ ޕިއަސަން އެޑެކްސެލް - އަދި ކެންސަލެއް ނުކުރޭ!
Share on facebook
Share on twitter
Share on google

އުސްއަލި:

  • ކެމްބްރިޖް އިންޓަނޭޝަނަލްގެ އަންނަ މޭ/ޖޫގެ ހުރިހާ އިމްތިހާނެއް ކެންސަލް ކޮށްފި.
  • އެޑެކްސެލް އިން އަދި އޮތީ އިމްތިހާނު ބޭއްވޭ ފަދަ މާހައުލެއް އޮތް ގައުމުތަކުގައި (ޔޫކޭ ނޫން) ބާއްވާ ގޮތަށް! 
  • އިމްތިހާނު ނުބާއްވާނަމަ ދަރިވަރުން ކޮށްފައިވާ މަސައްކަތަށް ބަލައި ގްރޭޑް އަދި ސެޓްފިކެޓް ދޭގޮތަށް.

ކެމްބްރިޖް އިންޓަނޭޝަނަލް އިން އަންނަ މޭ/ޖޫން މަހު ބޭއްވުމަށް ތާވަލް ކުރެފައިވާ ކެމްބްރިޖް އައިޖީސީއީ، ޖީސީއެސްއީ އިމްތިހާނާއި އަދި އޭއެސް ލެވެލް (އޭލެވެލްގެ ފުރަތަމަ ބައި) އިމްތިހާނުތައް ނުބޭއްވުމަށް އިއްޔެ (23 މާރިޗު 2020) ކަނޑައަޅައި ކެމްބްރިޖް އެސެސްމެންޓްސް އިންޓަނޭޝަނލް އެޑިއުކޭޝަން އިން އިއުލާން ކޮށްފިއެވެ.

ރާއްޖޭގައި މޭ/ޖޫންގައި ހަދަނީ ޕިއާސަންގެ އޭއެސްލެވެލް އަދި އޭލެވެލް އެވެ. ކެމްބްރިޖް އައިޖީސީއީއާއި ޖީސީއެސްއީ ރާއްޖެއިން ހަދަނީ އޮކްޓޯބަރު/ނޮވެމްބަރުގައި އެވެ. ވުމާއެކު ކެމްބްރިޖެ އިންޓަނޭޝަނަލްގެ މި ނިންމުމުގެ އަސަރު ރާއްޖެއަށް ނުކޮށްފާނެއެވެ.

އަންނަ މޭ/ޖޫން ގައި ރާއްޖެއިން ޕިއާސަން އެޑެކްސަލް އިމްތިހާނުގެ އޭއެސްލެވެލް ހަދަން ތާވަލު ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެޑެކްސެލް އިންޓަނޭޝަނަލް އިން ހާމަކުރާ ގޮތުގައި އެމީހުން ވެސް އެންމެ އިސްކަމެއް ދެނީ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ޔޫކޭގެ މޭ/ޖޫން އިމްތިހާނުތައް ކެންސަލް ކުރެވިފައި ވިޔަސް އެހެން ގައުމުތަކުގެ އިމްތިހާނުތައް އަދި ކެންސަލެއް ނުކުރެއެވެ. އެފަރާތުން އަންނަނީ ކްރޯނާވައިރަސްއާއި ގުޅިގެން ސްކޫލްތަކާއި ދަރިވަރުން އަދި މުވައްޒަފުންގެ ހާލަތު ބައްލަވަމުންނެވެ.

ނަމަވެސް މި މާރިޗު މަހު 20 ގައި އެޑެކްސެލް އިން ނިންމާފައި ވަނީ ގައުމުތަކުގެ ހާލަތަށް ބަލައި، އެގައުމެއްގެ ސްކޫލްތައް ހުޅުވާފައިވާފައި ވާނަމަ އަދި ސަލާމަތާއި ރައްކާތެރިކަމާއެކު އިމްތިހާނު ބޭއްވޭނެ މާހައުލެއް އޮތް ގައުމުތަކުގައި މޭ/ޖޫން އިމްތިހާނު ބޭއްވުމަށެވެ. އަދި އެގައުމެއްގެ ހާލަތާއި ގުޅޭގޮތަށް އިމްތިހާނުގެ ކަންތައްތަކުގައި އެހީތެރިކަން ދެމުން އަންނާނެ ކަމަށް އެޑެކްސެލްއިން ހާމަކޮށްފައި ވެއެވެ.

އެޑެކްސެލް އިން މޭޖޫންގައި ބާއްވާ ބައިނަލް އަގުވާމީ އިމްތިހާނުތަކަކީ:

އިންޓަނޭޝަނަލް ޕްރަމަރީ (iPrimary)

އިންޓަނޭޝަނަލް ލޯވަރ ސެކަންޑަރީ (iLowerSecondary)

އިންޓަނޭޝަނަލް ޖީސީއެސްއީ (International GCSE) އަދި

އިންޓަނޭޝަނަލް އޭލެވެލް (International A Level) އެވެ.

އެޑެކްސެލްގެ ނިންމުމުގައިވާ ގޮތުން އިނގިރޭސިވިލާތް ނޫން ގައުމުތަކުގައި އަންނަ މޭ/ޖޫންގައި މި އިމްތިހާނުތައް އަދި އޮތީ ބާއްވާ ގޮތަށެވެ.

ކެމްބްރިޖް އާއި އެޑެކްސެލް އިން ވެސް ނިންމާފައި ވަނީ މޭ/ޖޫން އިމްތިހާނު ނުބާއްވާ ތަންތަނުން އިމްތިހާނުގައި ބައިވެރިވެފައިވާ ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތަށް ބަލައި ގްރޭޑް ދޭގޮތަށެވެ. ހަމަހަމަ މިންގަނޑަކުން ބަލައިގެން އެހެން ގައުމުތަކުގައި ވެސް އިމްތިހާނު ނުބޭއްވޭނަމަ ދަރިވަރުންނަށް ގްރޭޑް ދެވި ސެޓްފިކެޓް ވެސް ލިގބިގެން ދާނެ ކަމަށް ހާމަކޮށްފައި ވެއެވެ. މިއީ އިނގިރޭސިވިލާތުގައި ވެސް އަމަލުކުރަން ހަމަޖެހިފައިވާ ގޮތެއްވެ.

ރާއްޖޭގައި މޭ/ޖޫން މަހު އެޑެކްސެލް އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާން ބާއްވާއިރު ކްމެބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނު ބާއްވަނީ އޮކްޓޯބަރު/ނޮވެމަބަރު މަހުގައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެދިފައި ވަނީ ޕިއަސަން-އެޑެކްސެލް އާއި ވާހަކަދައްކައިގެން ރާއްޖޭގައި އަންނަ މޭ/ޖޫން ގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އޭއެސްލެވެލް އިމްތިހާނު ފަސް ކުރުމަށެވެ. މިކަމާއި މެދު އެޑިއުކޭޝަން މިނިސްޓްރީގައި މަޝްވަރާ ކުރެވެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަދި މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

ކޯވިޑް19ގެ ހާލަތާއި ގުޅިގެން ސީއައިއީ އިން ވަނީ މެއި/ޖޫން މަހު ބާއްވާ އިމްތިހާނުތަކުން ވަކިވުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހު 17އާއި ހަމަޔަށް އިތުރު ކޮށްފައެވެ.

ރާއްޖޭގައި ބާއްވާ ޖީސީއީ އޯލެވެލް އާއި އޭލެވެލް އިމްތިހާނު އަދި ކެންސަލެއް ނުކުރޭ

ކޯވިޑް19 އާއި ގުޅިގެން އެޑެކްސެލް އިމްތިހާނުގެ އެންމެ ފަހުގެ އަޕްޑޭޓްސް ބެއްލެވުމަށް މިލިންކް ބޭނުންކުރައްވާ:

ކެމްބްރިޖް އިމްތިހާނާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓްސް ބައްލަވާލެއްވުމަށް މިލިންކް ބޭނުންކުރައްވާ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments