A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާގެ ސަބަބުން އެމެރިކާ ގަބީލާ ދަރިކޮޅުތައް ފަނާވެދާނެ – ނިއު މެކުސިކޯ ގަވަރުނަރު

ނޮވާޖޯ ނޭޝަން، ފޮޓޯ އަލްޖަޒީރާ

އެމެރިކާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ސަބަބުން އެމެރިކާގެ އަސްލު ވަޒަންވެރިންގެ ތެރޭގައި ހިމެނޭ ރެޑް އިންޑިއަން ގަބީލާތައް ފަނާވެގެން ގޮސްދާނެކަމުގެ ބިރުއޮތް ކަމަށް އެމެރިކާގެ ނިއު މެކްސިކޯގެ ގަވަރުނަރު މައިކަލް ލޫޖަން ގްރިޝަން އިންޒާރު ދީފިއެވެ. ނިއު މެކްސިކޯގެ ގަވަރުނަރު މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ އަސްލު ވަޒަންވެރިންގެ ތެރޭގައި ހިމެނޭ ރެޑް އިންޑިއަނުންގެ ގަބީލާތަކެއް ދިރުއުޅޭ ނޮވާޖޯ ނޭޝަން އިން ކޮރޯނާ ރޮގާ ފެންނާން ފެށުމުންނެވެ.

އެމެރިކާގެ ހުޅަނގުން ނިއު މެކްސިކޯ އާއި އެރިޒޯނާ އާއި އުޓާ ސްޓޭޓްގެ ސަރަހައްދު ހިމެނޭ ނޮވާޖޯ ނޭޝަން އަކީ އެމެރިކާގެ އަސްލު ވަޒަންވެރިން ކަމަށްވާ ރެޑް އިންޑިއަނުން ގެ ވެރިކަން ހިގާ މިނިވަން ސްޓޭޓެކެވެ. ނޮވާޖޯ ގަބީލާގެ 350 ހާސް މީހުން ދިރިއުޅޭ މިސަރަހައްދުން މިހާރު ވަނީ 174 މީހުންނަށް މިރޯގާ ޖެހި ހަތް މީހުން މިރޯގާގައި މަރުވެފައެވެ. މީގެ ހަފުތާއެއްކުރިން މިރޯގާ ޖެހިފައިވާ މީހުންެ އަދަދަކީ 49 ނަމަވެސް މިއަދަދު ހަފުތާއެއްގެ ތެރޭގައި އިތުރުވެގެން ދިއުމުން އެގަބީލާއިން ދަނީ ރައްކާތެރިވުމުގެ ފިޔަވަޅުވެސް އަޅަމުންނެވެ. އެގޮތުން މާޗު 30 އިން ފެށިގެން އެސަރަހައްދުގައި މިހާރުވަނީ ކާފިއު ނެރެފައެވެ.

އެމެރިކާގެ އަސްލު ވަޒަންވެރިން ކަމަށްވާ ރެޑް އިންޑިއަން ގަބީލާތަކަށް، އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި އިމެޖެންސީ އެހީގެ 2 ޓްރިލިއަން ޑޮލަރުގެ ތެރެއިން 64 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ފެޑެރަލް ސަރުކާރުން ވަނީ ނިންމާފައެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !