A wide advertisement which will be shown on all devices. (700 x 100)

މާދަމާ އެމްޖޭއެސް އިން ފެށިގެން ދިގުވާޑުގެ ބަޔަކުން ކަރަންޓް ޚިދުމަތް މެދުކަނޑާލަނީ

ކަރަންޓް އަދި ފެންބިލްގެ ނަމޫނާ، ފެނަކަ-ފުވައްމުލައް ކައުންޓަރުގެ ޚިދުމަތުގެ ގަޑި

އަލަށްް ބެހެއްޓި ޓްރާންސްފޯމަރުގެ މަސައްކަތަށް މާދަމާ މެދުރު އެމްޖޭއެސް ސްކޫލުގެ ދިގުވާޑު ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

އެމްޖޭއެސް ކައިރީގައި އަލަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު އިންޓޯލް ކުރުމަށް މާދަމާ، 7 އޭޕްރީލް 2020 ވާ އަންގާރު ދުވަހު ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ މެންދުރު 1:00 އިން ހަވީރު 3:00 އަށެވެ. މިވަގުތުގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ އެމްޖޭއެސް ސްކޫލުން ފެށިގެން ދިގުވާނޑު އަވަށުގެ ޖާވާ ކިޔާގެ ހިމެނޭ ސަރަހައްދުގައި ވާ ގެތަކުންނެވެ.

ނިމުނު މާރިޗު މަހު 30 އަދި 31 ގައި މާދަޑާއި ހޯދަޑު ބަހާރު މަގު (މަތިމަގު) ސަރަހައްދުގެ ކަރަންޓް ކޭބަލަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ކަނޑާލައިގެން މަސައްކަތް ކޮށްފައިވެއެވެ.

މި އޭޕްރީލް މަހުން ފެށިގެން ފެނަކައިން ދޫކުރާ ކަރަންޓް އަދި ފެން ބިލުގެ ފޯމެޓަށް ބަދަލު ގެނެސްފައިވާ ކަމަށް ދާދި ފަހުން ފެނަކައިން ވަނީ ހާމަކޮށްފައެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !