A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށް ޖަންކްޝަން އަލުން ނަގަނީ

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓް ކުރަނީ. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ މައްސަލަތަކާއި ހެދި މިހާރު ބައްޓާފައިވާ ޖަންކްޝަންތައް ނުވަތަ ކެޗްޕިޓް ތައް ނެގުމުގެ މަސައްކަތް ފެނަކަ-ފުވައްމުލައް އިން ކުރަމުން އެބަދެއެވެ.

ނަރުދަމާ ނިޒާމާއި ގުޅުވައިދޭ އިން ޖަންކްޝަންތައް ނަގަން ފެނަކަ-ފުވައްމުލައް ނިންމީ އެނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމު އިންޖިނިއަރުން ވަނީ ގާތުން ބަލައި ދިރާސާ ކޮށްފައި ކަމަށް ފެނަކައިން ހާމަކުރެއެވެ.

ނަރުދަމާ ނިޒާމުގެ ސާވޭއިން ފާހަގަ ކުރެވުނު ގޮތުގައި ގޭގޭގައި ބަހައްޓާފައި ހުރި ކެޗްޕިޓްތަކުން ލީކުވާކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި ކެޗްޕިޓްތަކުން ލީކުވާ މައްސަލަ ހައްލުކުރުމަށް ކެޗްޕިޓްތައް ނަގަންޖެހޭ ކަމަށެވެ. އެގޮތުން ނަގާ ކެޗްޕިޓް ތަކުގެ ތެރެއިން މިހާރު ނަރުދަމާގެ ނިޒާމާއި ގުޅާފައިވާ ގޭގޭގެ ކެޗްޕިޓްތަކުގެ ބަދަލުގައި އައު ކެޗްޕިޓްތަކެއް ބެހެއްޓުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އަދި މިހާރު ނަރުދަމާގެ ނިޒާމާއި ގުޅާފައި ނުވާ ގޭގޭގެ ކެޗްޕިޓްތައް ނަގައި ހޮޅިލައިން ވަގުތީ ގޮތުން ބަންދު ކުރުމަށް ހަމަޖެހިފައި ވެއެވެ.  ނަމަވެސް މިގޮތުން ކެޗްޕިޓްތައް ނަގައި ބަންދުކުރެވޭ ތަންތަނަށް ފަހުން ނަރުދަނާގެ ނިޒާމައި ގުޅަން ބޭނުންވެގެން ޚިދުމަތަށް އެދުމުން އިތުރު އަގަކާއި ނުލައި ކެޗްޕިޓްތައް އަލުން ބަހައްޓައި ދެވޭނެކަމަށް ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާ ކަމުގެ ޝަކުވާ ގިނަވެފައި

ނަރުދަމާގެ މައްސަލަތއް ހައްލުކުރުމަށް ކުރެވެ މި މަސައްކަތަށް ފުވައްމުލައް ސިޓީެގ ރައްޔިތުންގެ އހީތެރިކަން ބޭނުންވާކަމަށް ފެނަކައި ފުވައްމުއް އިން ހާމަކުރައްވާފައި ވެއެވެ. އަދި މިކަމުގައި އެއްބާރުލުން ނުދެއްވާ ފަރާތްތަކަށް ގަވާއިދުގަިއ ވާ ގޮތުގެ މަތިން ޚިދުމަތް ދެވެން ނޯންނާނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރައްވައެވެ.

ފައިތުވި އަހަރު ނޮވެމްބަރު މަހު ފެނަކަ ފުވައްމުލައް އިން ބުނެފައިވަނީ ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމަށެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަކީ ގިނަ ގޮތްގޮތުން ދިރާސާކުރެވި ރަށާއި އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިގެން ގާއިމުކުރެވިފައިވާ ހައިބްރިޑް ސިސްޓމެކެވެ. އެއީ ގްރެވިޓީއާއި ވެކިއުމް އަދި ޕަމްޕް ވެސް ބޭނުންކުރާ ގޮތަށް ހެދިފައިވާ ސިސްޓަމެކެވެ.

ގޭގެ ފާޚާނާ ޖަންކްޝަން ތަކުން މަގުގައި ހުންނަ ޖަންކްޝަނަށް ފެނާއި ނަޖިސް ގެންގޮސްދެނީ ގްރެވިޓީގައެވެ. ޣާޒީމަގުން އިރު-ދެކުނަށާއި(އޭ، ބީ) އަދި ހުޅަނގު-އުތުރު (ސީ ޑީ)ގެ މަގުތަކުގައި ހުރި ޖަންކްޝަންތަކުން ފެނާއި ނަޖިސް ދެ ތަނަކަށް ޖަމާކުރެ ވެނީ ވެކިއުމް ސިސްޓަމުންނެވެ. އަދި މި ދެ ކަލެކްޝަން ޕޮއިންޓަށް ޖަމާވާ ނަޖިހާއި ފެން މިސްކިމަގު ގައި ހުންނަ މައި ސްޓޭޝަނަށް ޖަމާކުރެވި ޓްރީޓް ކުރުމަށްފަހު ޕަމްޕް ސިސްޓަމް މެދުވެރިކޮށް ރަށުން ބޭރުކުރެއެވެ.

މައްސަލަ ޖެހިގެން އުޅޭކަމަށް ކުރިން ބުނެފައި ވަނީ  ވެކިއުމް ސިސްޓަމް ތަކުގައެވެ. އެއީ ފެން ނުވަންނަ ގޮތަށް (ވޯޓަރ ފްރޫފް) ‘އެއަރ ޓައިޓް’ ސިސްޓަމަކަށް ވާން ޖެހެއެވެ. ނަމަވެސް މިސްިތަމުގައި ހިމެނޭ ޖަންކްޝަންތަކަށް ފެންވަދެ އަދި ސިސްތަމުން ލިކުވެ ސިސްޓަމްގައި މައްސަލަޖެހެނީ ކަމަށް ވެއެއެވެ. ވޯޓަރޕްރޫފް ޖަންކްޝަންތަކަށް ފެންވަދެ ޕްރެޝަރ ޕަމްޕްތަކުގެ މަސައްކަތް ހުއްޓެނީއެވެ. އެއާއެކު ސިސްޓަމްގެ އެކިބައިތައް ފެއިލްވެ ބައެއް ހިސާބުތަކުން ނަޖިސް ލީކުވުމާއި ކުރިމަތިލާންޖެހެއެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާއިން ލީކުވާ މައްސަލައެއްގެ ކަންބޮޑުވުން ހިއްސާކޮށް އިއްޔެ އާއްމު ރައްޔިތަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއެއް.

ނަރުދަމާ ކެޗްޕިޓް (ޖަންކްޝަން)ތައް ބަދަލުކުރުމާއި ނެގުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !