A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: 50 ކޭސް ހަމަވާން 43 ދުވަސް، 100 ކޭސް ހަމަވާން 4 ދުވަސް، 200 ކޭސް 3 ދުވަހުން

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ މާޗު 7 ވަނަ ދުވަހުގައެވެ. އެދުވަހުން ފެށިގެން ފުރަތަމަ 50 ކޭސް ހަމަވެފައިވަނީ 43 ދުވަހުންނެވެ. ފުރަތަމަ 50 ކޭސްވެސް ހަމަވެފައިވަނީ މާލެތެރެއަށް ކޮރޯނާ ރޯގާ ފެތުރުމާއި ގުޅިގެންނެވެ. އެއަށްފަހު ބާރު ސްޕީޑްގައި އަދިވެސް ދަނީ މާލެތެރެއިން ކޮރޯނާ ރޯގާގެ ކޭސްތައް ފެންނަމުންނެވެ. އެއަށްފަހު 4 ދުވަސްތެރޭގައި 100 ކޭސް ފެނިފައިވާއިރު އެއަދަދު ދެގުނަވާން ނަގާފައިވަނީ އެންމެ 3 ދުވަހެވެ.

މިވަގުތު 228 ކޭސް ރާއްޖެއިން ފެނިފައިވާއިރު 17 މީހަކަށްވަނީ މިރޯގާއިން ފަރުވާ ލިބި ސަލާމަތްވެފައެވެ. މިވަގުތު ރާއްޖޭގައި ތިބީ މި ރޯގާ ޖެހިފައިވާ 209 މީހުންނެވެ. އަދި 2 މީހަކުވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ މިހާރުވަނީ 3 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހި 211 ހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !