A wide advertisement which will be shown on all devices. (700 x 100)

ކަރަންޓީނު ފެސިލިޓީ އަށް ބޭނުންވާ 58 ކޮޓަރި މިހާރު ވަނީ ތައްޔާރުވެފައި – މޭޔަރު

ފުވައްމުލައް ސިޓީ ކައުންސިލް ސިނިއަރ މެނޭޖްމެންޓް ބައްދަލުވުން

ކޮރޯނާ ރޯގާއާއި ގުޅިގެން ކަރަންޓީން ކުރަންޖެހޭ ފަރާތްތައް ކަރަންޓީނުކުރުމަށް ބޭނުންކުރުމަށް 58 ކޮޓަރި ފުވައްމުލަކުގައި ތައްޔާރު ކުރެވިއްޖެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވެފައިވަނީ އެޕްރީލް 23 ވަނަ ދުވަހު ރޭ ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ ކޮރޯނާ ރޯގާ އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ފިހާރަތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދުކުރުން ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި އާއްމުން އެއްވާ މައިޒާން އަދި ޕާކުތަކަށް ދިޔުން ވަނީ މަނާކުރެވިފައެވެ. މޭޔަރ ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި އެންމެ ހާއްސަ އިސްކަމެއްދީގެން ބަލަމުން އަންނަ އެއް ކަމަކީ މިސިޓީގައި ތިބި ބިދޭސީންނަށް ދަތިނުވެ ފަސޭހަ ކަމާއިއެކު އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމެވެ.

މީގެ އިތުރުން އިއްޔެއިން ފެށިގެން ފުވައްމުލަކު ތާރު މަގު ނުވަތަ ނައިބުތުއްތު މަގު ވަނީ ހަވީރު 4 އިން ފެށިގެން ރޭގަނޑު 12 އަށް ބަންދުކޮށް އެކަން އިއުލާންކޮށްފައެވެ އަދި ބަންދު ގަޑިތަކުގައި މިމަގުން ބޭނުންކުރެވޭނީ ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަދީފައިވާ އުޅަނދުތަކަށް އެކަންޏެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !