A wide advertisement which will be shown on all devices. (700 x 100)

ބަކަރިތައް ގަހަށް އަރައި…!؟

މޮރޮކޯގެ ސަހަރާގެ ތެރޭގައިވާ އާގަން ގަހަކަށް ބަކަރިތަކެއް އަރައި.

ފޮޓޯއިން އެ ފެންނަނީ މޮރޮކޯގެ ސަހަރާތެރޭގެ ހިސާބެކެވެ. ބަކަރިތައް ގަހަށް ހަމަ އެރީ ހެއްޔެވެ؟ އާނ އެކެވެ. މިއީ މީހަކު އެޑިޓްކޮށްގެން ހަދާފައިވާ މަންޒަރެއް ނޫނެވެ. ހަމަ ހަގީގީ މަންޒަރެކެވެ. ބަކަރިތައް ގަހަށް އަރަން ދަސްކުރީ އެވެ. ހިކަންޖަށް ވެސް އުސް ތަންތަނަށް ނޭރެޔޭ ކުރިން ބުނެ އުޅެއެވެ. އެކަމަކު މިހާރު ފާރުތަކާއި ފުރާޅުތަކުން ވެސް ހިކަނދި ދުވާތަން ވެސް ފެނެއެވެ. ދުނިޔެ ތަރައްގީވާ ވަރަކަށް އެ ޖަނަވާރުތައް ވެސް ކަންކަން ދަސްކުރަނީއެވެ.

ބަކަރިތައް ގަހަށް އަރާ އެތިބީ ކޮންމެހެން ގަހުގެ ފަތްތައް ކާންވެގެނެއް ނޫނެވެ. އެގަހުގެ މޭވާގެ މަދު ކާންވެގެންނެވެ.

ފޮޓޯއިން އެފެންނަ ގަހަކީ އާރގަން ގަހެކެވެ. އެއީ ހޫނު ސަހަރާތެރޭގައި ހެދޭ ގަހެކެވެ. އެގަހުގެ މޭވާ އަކީ ވަށް-ދިގު ބައްޓަމަކަށް ހުންނަ ކުދި އެއްޗެކެވެ. ބޭރު ފަށަލާގައި މުއި ހުރި ކަމުގައި ވިޔަސް އެތެރޭގައި ނާއްޓެއް ކަހަލަ ހަރު ފަށަލައެއް ހުރެފައި އޮންނަ މަދަކީ މާ މުހިންމު އެއްޗެކެވެ.

މި މަދުން ހާނާ ތެލަކީ ކެއްކުމަށާއި ބޮލުގެ އިސްތަށީގެ ފަރުވާތަކަށް ސިއްޙީ ގޮތުން ވަރަށް ރަނގަޅު ތެލެއް ކަމަށް ވެއެވެ. އަދި މިތެލަކީ ހަށިގަނޑު ފިނިކަން ދަމަހައްޓާއިދޭ ތެލެކެވެ. މިގަހުގެ މޭވާގެ މަދަށް މޮރޮކޯގެ ސަހަރާގެ “ރަން” ކަމަށް ވެސް ބުނެ އުޅެއެވެ.

އާރގަން ގަހުގެ މޭވާ ދޮންވުމަށްފަހު ހިކިގެން ގަސްދޮށަށް ފައިބަނީ އާއްމުކޮށް ޖުލައި މަހުގައެވެ. ވުމާއެކު އެދުވަސްވަރު ބަކަރިތައް އެގަސްތަކާއި ކައިރި ހިސާބުތަކަށް ދިޔަ ނުދިމުމަށް ބަކަރި ހުއިހައްޕާ މީހުންނަށް ޖެހެއެވެ. މި ގަހުން ފައިބާ އޮށްތައް ހޮވުން ވަކި ކޮންޓްރޯލެއްގެ ދަށުން ގެންދިއުމަށް ބައެއް ހިސާބުތަކުގައި ގާނޫނު ވެސް ހަދާފައި ވެއެވެ. އަދި އަނެއްބައި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ވަކި ޚާއްސަ އާދަތަކެއް ގާއިމުކުރެވިފައި ވެއެވެ.

ބަކަރިތައް ގަހަށް އަރަން ދަސްކުރީއެވެ. އެގަހުގެ އޮށްތައް އެސޮރުމެންނަށް ވެސް ހަށިގަނޑުގެ ފިނިކަން ހިފެހެއްޓުމަށް މުހިންމުވީއެވެ. ޒަމާނާއެކު ދުނިޔެ ތަރައްގީވެ އާ އީޖާދުތައް ކުރެވޭފަދައިން އެ ޖަނަވާރުތައް ވެސް އައު ގޮތްތައް ދަސްކުރަނީއެވެ.

މޮރޮކޯ ނޫނަސް ހޫނެ ބައެއް އެހެން ގައުމުތަކުގައި ވެސް އާގަން ގަހަށް ބަކަރި އަރާ އުޅޭ ކަމަށް އެހިސާބުތަކުގެ މީހުން ބުނެ އުޅެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !