25 ޖެނުއަރީ 2020 ( ހޮނިހިރު )

އަލުން ގޮނޑި ހޯދައިދެވުނު 12 މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލައި އިތުރު ދައުރެއް ދޭން ގިނަ ބަޔަކު ދެކޮޅު

ރައްޔިތުންނަށް ‘ދުއްޕާން’ ޖެއްސި މެންބަރުންގެ ތެރޭގައި 12 މެންބަރުން ނުހިމެނޭ ބާ؟

ނިމިގެން މިދާ ރައްޔިތުންގެ މަޖުލީހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްތައް ބިލްތަކެއް ފާސްކުރި މަޖުލިހެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ މަޖުލީހުގައި “12 މެންބަރުން” ވެސް ހިމެނޭ ހިނދު އެ މެންބަރުންނަށް އަލުން އިތުރު ދައުރަކަށް ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް ބުނެ އެބޭފުޅުންނަށް އަމަޒުވާ ފާޑު ކިޔުންތައް އޮހެން ފަށައިފިއެވެ.

އެގޮތުން އެބޭފުޅުންގެ ބައިވެރިވުމާއެކު ފާސްކުރެވިފައިވާ ބައެއް ގާނޫނުތައް ތިރީގައި ހިމަނާލަމެވެ.

ޑިމޮކްރެޓިކް މުޖުތަމިއެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް އަސާސީ ހައްގެކެވެ. ރާއްޖޭގެ ގާނޫނު އަސާސީން އެހައްގުތައް ދީފައި ވަނިކޮށް މިހާރުގެ މަޖުލީހުގެ، އޭރުގެ އިދިކޮޅު ސުޕަ މެޖޯރިޓީގައި، އެހައްގުތައް ހަނިކުުރމަށް ގާނޫނު އަސާސީއާއި ޚިލާފަށް ގާނޫނު ހަދައި ރައްޔިތުންގެ އަނގާގައި ވަނީ އަތް އަޅާފައެވެ. އެގާނޫނު ހެދުމުގައި މި 12 މެންބަރުންގެ ވޯޓު ވެސް ހިމެނިގެން ދިޔައެވެ.

ހަމަ އެފަދަ އަސާސީ ހައްގެއް ކަމުގައިވާ ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅުމުގެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތީ ވެސް މި މަޖުލީހުގެ 12 މެންބަރުންގެ ފުރިހަމަ ތާއިދާއެކު ފާސްކުރި ގާނޫނަކުންނެވެ. އަނެއްކާވެސް އާއްމު ރައްޔިތުންގެ ހައްގު ނިގުޅައިގަތީއެވެ.

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު ހެދީ ރައްޔިތުންގެ ގާތުން އެހުމެއް ކެހުމެއް ނެތި ވެރިމިހާ ރުއްސަން ވެގެނެވެ. އެކަމުގައި ވެސް މި 12 މެންބަރުންގެ ވޯޓު ހިމެނުނު ހިނދު ރައްޔިތުން ގާތަށް އިތުރަށް އަންނަން ޖެހޭނެ ކަމަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟

ވެރިމީހާ ބޭނުންގޮތަށް ގައުމު ދަރުވާލަން ލޯނު ނެގުނުގެ ފުރުސަތު މާލީ ގާނޫނަށް ބަދަލުގެނެސްދީ މިގައުމު ދަރުވާލުމުގައި މި 12 މެންބަރުންގެ ބަސް ހިމެނޭކަން ހާމަވެއެވެ.

މިނިވަން މުއައްސަސާތައް މަޖުލީހަށް ޖަވާބު ދާރީ ކުރުވުން ހުއްޓުވުމުގައި މި 12 މެންބަރުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބުނެެވެއެވެ.

އެހެން ގިނަ މެންބަރުންނެކޭ އެއްގޮތަށް މި މެމްބަރުންނަށް ވެސް ނާޖާއިޒު މާލީ މަންފާ ސަރުކާރުގެ ތެރެއިން ހޯދާފައިވާ ކުމުގެ ތުހުމަތުގެ އިނގިލި ދިއްކުރެއެވެ. މަޖުލީހުގެ މެންބަރެއްގެ މުސާރައާއި ނުބައްދަލު މުއްސަނދި ކަމެއް މަޖުލީހުގެ ދައުރުތެރޭގައި ހާސިލުކުރެވިފައިވާ ކަމުގެ އިނގިލި ދިއްކުރެއެވެ.

މަޖުލީހުގެ ދެތިން މެންބަރަކު ނޫނީ ނަޒާހަތްތެރިކަން ސާބިތުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް މެންބަރުންގެ މާލީ ބަޔާން އާއްމެއް ނުކުރެއެވެ.

މިފަދަ ތަފާތު އެތައްކަމެއް މި 12 މެންބަރުންގެ ފަސްބައިން ފެންނަން އެބަހުއްޓެވެ.

ވީއިރު ވެސް މި 12 މެންބަރުންނަށް މަޖުލީހުގެ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި ދޭން ޖެހެ ސަބަބެއް އެބައޮތް ބާއެވެ؟ މިގޮތަށް ދިނުން އެއީ އެފަދަ ގާނޫނުތައް ފާސް ކުރުމުން ވެދެވޭ ދެވޭ ހަދިޔާ އަކަށް ނުވާނެ ބާވައެވެ.

އެބޭފުޅުންނަށް އެނބުރި ރައްޔތުންގެ ފަޅިއަށް އެރީ ނާއިންސާފު އެބޭފުޅުންނާއި އަރާ ހާމަކުރުމުން ކަމަށް ބުނެވެއެއެވެ.

ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ އެބޭފުޅުން ވަނީ ރައީސް ޔާމީނުގެ އަނިޔާވެރި ވެރިަކން ބަދަލުކުރުމަށް ގުރުބާނީ ތަކެއް ވެފައެވެ. އެބޭފުޅުންގެ މަޖުލީހުގެ ގޮނޑި ގާނޫނާއި ޚިލާފަށް ގެއްލިއްޖެ ކަމަށް ބުނެ މަޖުލީހަށް ނުވެއްދުމުން ސިޔާސީ ގޮތުން ޔާމީނުގެ ވެރިކަން ބަލިކޮށް ކޮށްލުމަށް މި 12 މެންބަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެތެރޭގައި ޖަލަށް ދާން ޖެހުމާއި ތަފާތު ދަތިތައް ސަރުކާރުން ކުރިމަތި ކުރިމަތި ކުރުވުމުން ވެސް ވަނީ ފަސްނުޖެހި ރައިސް ޔާމީނުގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.

މަޖުލީސް ތެރެއިން ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުން އެބެފުޅުނަށް ކާމިޔާބެއް ނުކުރެއްވުނެވެ. އެންމެ ފަހުން އެކަންތައް ކުރީ ވޯޓުން ރައްޔިތުންނެވެ. އަދި މިވޯޓުގައި އެ 12 މެންބަރުންގެ މަސައްކަތް ވެސް ހިމެނޭކަން ހަނދާން ކުރަން ޖެެހެއެވެ.

އެކުގައި ކުރެވުނު މަސައްކަތުގެ ބަދަލެއްގެ ގޮތުން އެ 12 މެންބަރުންގެ ގޮނަޑިތައް އިންސާފާއެއްކޮށް އެބޭފުޅުންނަށް ވަނީ އަލުން ރުޖޫއަ ކުރެވިފައެވެ.

ވީއިރު މި 12 މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލައި އިތުރު ދައުރަކަށް މަޖުލީހުގެ ޓިކެޓް ދިނުމަށް އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ދެކޯލު ކަން ސޯޝަލް މިޑިއާގައި ނެގޭ ޕޮލްތަކާއި ޝުއޫރުތަކުން ވަރަށް ސާފެވެ. އެބޭފުޅުންނަށް ހައްގެއް ނޫނެވެ.

އެ ބޭފުޅަކު ނިސްބަތްވާ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދައިގެން  އެބެފުޅަކުން އިތުރު ދައުރަކަށް މަޖުލީސް އިންތިޚާބާއި ވާދަކުރުމަށް ގިނަބަޔަކު ގޮވާލަމުންދެއެވެ.ކިޔުންތެރިންގެ ޚިޔާލު


 1. .ހހޫން 6 ނޮވެމްބަރ 2018 02:11

  .ތި 12 މެމްބަރުން ބަތަލުން ކަމަށް ބަލާ ޕުރައިމަރީއާނުލާ މަޖިލިސް ޓިކެޓްދީ ވޯޓަކާނުލާ ހުވާކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވަން އެއޮއް ތައްޔާރު ވަނީ އެއްދޮނުގާ ދެބުޅި ޖަހާލަނީ ހީވާގޮތްދޯ.

 2. މުޙައްމަދު ޢަފީފް 6 ނޮވެމްބަރ 2018 06:11

  މި ލިޔުމަށް %100 އަޅުގަނޑު ތާއީދު ކުރަން !
  ޕީޕީއެމުން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ގޮތަށް މި 12 މެމްބަރުންނަށް ޓިކެޓް ދިނުމުން ދޭހަވަނީ، މި އެންމެންވެސް މިކުޅެނީ އެއް ކުޅިއެއް ކަން!
  މި 12 މެމްބަރުންނަށް އެ ގޮތަށް ޓިކެޓް ދިނުމަށް ވުރެން މާ ރަނގަޅުވާނެ، ހެ ހޮވުނު ޕާޓީ އެއްގައި ތިއްބަވައިގެން މަޖުލީހުގެ ދައުރު އެއް ވާނެއްގައި ހިފެހެއްޓެވި މެމްބަރުން ނަށް އެ ގޮތަށް ޓިކެޓު ދެއްވުންވެސް!
  ނަމަވެސް ޕްރައިމަރީ އަކާ ނުލައި އެއްވެސް ބޭފުޅަކަށް ޓިކެޓު ދޭކަށް އަޅުގަނޑު ތާއީދެއް ނުކުރަން! އަދި އެފަދަ ގޮތަކަށް ޕާޓީ އަކުން ނިކުންނަވާ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ!