ސްކްރީން ޓައިމް (އިސްކިރީނު ވަގުތު) އިން ކުދިންގެ ސިކުނޑިއަށް އަސަރުކުރަނީ ކޮންގޮތަކަށް ހެއްޔެވެ؟ މިއީ މިހާރު މުޅި ދުނިޔޭގައި ވެސް ހަގީގަތް ހޯދަން ބޭނުންވާ ކަންބޮޑުވުންތަކެއް ހުރި ސުވާލެކެވެ. މިސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން އެމެރިކާ ސަރުކާރުން ވަނީ 300 މިލިޔަން ޑޮލަރުގެ ދިރާސާއެއް ހަދަން ފަށާފައެވެ.
މި ދިރާސާގައި ޓެކްނޮލޮޖީގެ ސްކްރީންތައް އެކިވަރަށް ބޭނުންކުރާ ކުދިންގެ ސިކުނޑީގެ ބައިތައް އުފެދި ބޮޑުވަމުން އަންނަ އިރު އެމްއާރު އައި ހަދައި ސިކުނޑިއަށް އަން ބަދަލުތައް ދެނެގަން ވަނީ ފަށާފައެވެ.
މި ދިރާސާގެ ފުރަތަމަ ބައިގެ ނަތީޖާ މި ޑިސެމްބަރު މަހު ވަނީ ހާމަކޮށްފައެވެ.
- ދުވާލަކު 7 ގަޑިއަށްވުރެ ގިނައިން ސްކްރީން ބޭނުން ކުރާ ކުދިންގެ ސިކުނޑި ހެދިބޮޑުވެގެން އަންނަނއިރު ބަދަލަުތަކެއ އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ސިކުނޑީގެެ ކޯޓެކްސް އުފެދުމުގައި ތުނިވާކަން ހާމަވިއެވެ.
މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުން ދުވާލަކު 2 ގަޑިއަށް ވުރެ ގިނައިން ސްކްރީނު ބޭނުންކުރާ ކުދިންނަށް ބަހުގ (ލެންގްއޭޖް) އިމްތިހާނުތަކުން ނާއި ވިސްނުމުގ (ތިންކިން) އިމްތިހާނުތަކުން ހޯދޭ ނަތީޖާ ދަށެވެ.
މިއަށްވުރެވެސް ކަނބޮޑުވާ ނަތީޖާއަކީ ދުވަލަކު 7 ގަޑިއަށް ވުރެ ގިނައިން އިލެކްޓްރޯނިކް ގެޖެޓްސް ބޭނުންކުރާ ކުދިންގެ ސިކުޑީގެ ކޯޓެކްސް އުފެދުމުގައި ތުނިވެފައި ވާކަމެވެ. މިދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ގަޔާ ޑޯވްލިން ހާމަކުރައްވާ ގޮތުގައި މިއީ ސިކުނޑީގެ ކޯޓެކްސް ބޮޑުވެ ފުރިހަމަވުމުގެ ކުރިން އެބައިން އެކަށޭނަ މިންވަރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ފެށުމުން އެބަޔަށް ލިބިގެންދާ އުނިކަމެއް ކަމަށް ބެލެވެއެއވެ.
މިބަދަލު ސިކުޑިއަށް މިއަންނަނީ ސީދާ ސްކްރީން ވަގުތުންނޭ ބުނަން އަދި މުޅިން ޔަގީން ނުވާކަމަށް ޑރ. ގަޔާ ވިދާޅުވިއެވެ. މީއި އަދި ސީދާ ގެއްލުމެއް ކަމަށް ނިންމަން ވެސް އަވަސް ކަމަށް އޭނާ ހާކުރެއްވިއެވެ. މިކަން މުޅިން ޔަގީން ކުރުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށެވެ.
މިދިރާސާގެ ފުރިހަމަ ނަތީޖާ އެނގޭނީ ދުރު މުސްތަގުބަލެއްގައި އިސްކިރީނު ވަގުތުން ސިކުނޑިއަށް ކުރާ އަސަރު އެނގުމުންނެވެ. މިކަމަށް އަދި 10 ވަރަކަށް އަހަރު ބޭނުންވާނެ ކަމަށްއެވެ.
ނަމަވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ވެސް މިނަތީޖާތައް ދެއްކި ގޮތުން ކުޑަކުދިންގެ ސިކުޑިއަށް ސްކްރީން ވަގުތުން ކުރާ އަސަރާއި މެދު ކަންބޮޑު ވުން ހާމަކޮށްފައި ވެއެވެ.
ޚިޔާލުތައް