A wide advertisement which will be shown on all devices. (700 x 100)

ބައިނަލް އަގުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ’ އާއި ގުޅުވައިގެން ފުވައްމުލައް ސިޓީގެ ގޮޑުދޮށްތައް ސާފުކުރަނީ

ބައިނަލް އަގުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ’ އާއި ގުޅުވައިގެން ފުވައްމުލައް ސިޓީގެ ގޮޑުދޮށްތައް ސާފުކުރުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ތައްޔާރު ވެއްޖެއެވެ.

މިހަރަކާތުގައި ފުވައްމުލައް ސިޓީގެ ސްކޫލަތަކާއި ގިނަ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ ތަކުން ބައިވެރިވެއެވެ. މީގެ އިތުރުން ކޮންމެ މީހަކަށް ވެސް މިހަރަކާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިަފއެވެ.

އަންނަ ހޮނިހިރު ދުވަހު ހެނދުނު 7:00 ގައި ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުުން، އެދުވަހުގެ ހަރަކާތްތައް ފެށުމަށް ވަނީ ތައްޔާރު ވެފައެވެ.

ބައިނަލް އަގުވާމީ ގޮޑުދޮށްތައް ސާފުކުރުމުގެ ދުވަހަކީ 21 ސެޕްޓެމްބަރު އެވެ. މިއަހަރުގެ ޝިއާރަކީ “ހާނެސިން ދަ ޕަވަރ އޮފް ޕީޕަލް ޓް ފައިޓް އޯޝަން ޓްރޭޝް” އެވެ. އާދެ، ކަނޑަށް އުކާލެވޭ ކުނިތަކާއި ދެކޮޅަށް އާއްމު ރައްޔިތުން ބާރުވެރި ކުރުވުމެވެ.

ދުނިޔޭގައި މިހަރަކާތް ފެށިފައި ވަނީ މީގެ 30 އަހަރު ކުރިން އެމެރިކާގައި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ލިންޑާ އާއި ކެތީގެ އިސްނެގުމާއެކު އެވެ. މިހާރު ދުނިޔޭ ވަރަށް ގިނަ ގައުމުތަކުގައި އެތައް މިލިޔަން ބަޔަކު މިހަރަކާތުގައި ބައިވެރި ވެއެވެ. މިދުވަހު އެބަޔަކު ނިސްބަތްވާ ހިސާބެއްގެ ގޮޑުދޮށްތައް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދަނީ މުޅިންވެސް ހިލޭސާބަހަށް ކުރެވޭ މަސައްކަތެއްގެ ގޮތުގަވެ.

މގޮތުން އެއްކުރެވޭ ކުނީގެ ބާވަތްތައް ވަކިކޮށް ޑޮކިއުމެންޓް ކުރެވެއެވެ. އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ބައިނަލް އަގުވާމީ މޯބައިލް އެޕްލިކޭޝަނަށް ޑޭޓާ އެއްކުރުމުން ގެންދެއެވެ. އެގޮތުން ބޭނުންކުރާ އެޕްލިކޭޝަނަކީ “ކްލީން ސްވެލް” އެވެ. މިހަރަކާތުގައި ބައިވެރިވާ ކޮންމެ ވޮލަންޓިއަރަކު ވެސް، މި އެޕް (ކްލީން ސްވެލް) ޑައުންލޯޑް، ރަޖިސްޓްރީވެ، އެމީހަކު އެއްކުރާ ކުނީގެ މިންވަރު މި އެޕގެ ބަޓަނަށް ކްލިކް ކޮށްލުމުން ރެކޯޑުކުރެވެއެވެ. އެއާއެކު މި އެޕް މެދުވެރިކޮށް ދުނިޔޭގެ”ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ “އޯޝަން ކޮންސާރވަންސީ” ގެ ކަނޑުގެ ކުނިތަކުގެ ޑޭޓާބޭސްއަށް ވަގުތުން ރިކޯޑު ކުރެވެއެވެ.

ކްލީން ސްވެލް – މޯބައިލް އެޕްގައި ބައިވެރިވެ ސާފުކުރާމިންވަރު ރެކޯޑު ކުރައްވާ

އެގޮތުން މިހަރަކާތުގައި ބައިވެރިވާ ކޮންމެ ވޮލަންޓިއަރަކު ވެސް ވެގެންދާނީ ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތ ކުރާ ބައިނަލް އަގުވާމީ އޯޝަން ކޮންސާވެންސީ ވޮލަންޓިއަރަކަށެވެ. އެމީހަކު އެއްކުރާ ކުނީގެ މިންވަރު ކޮންމެ ވަގުތަކުވެސް ވަކިން ބަލާލެވޭނެއެވެ. އަދި އޭނާގެ ސްޓޭސް އޯޝަން ކޮންސާވަންސީ ވޮލަންޓިއަރުންގެ އެކި ލެވެލް ތަކަށް ބަދަލުވެެ އެމީހަކު މިކަމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރެވެމުން ދާނެއެވެ.

ފަސޭހަކަމާއެކު އެމީހަކު ސާފުކުރާ ކުނި ރެކޯޑުކުރައްވާ

އެއާއެކު ކަނޑަށް އުކާލެވެނީ ކޮން ބާވަތެއްގެ ކުނިތަކެއް ކަމާއި، އެކަން ހުއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަސޭހައިން ސާފުވެގެން ދާނެ ކަމަށް ކަމުގެ މާހިރުން ދެކެއެވެ.

މިފަދަ ފަސޭހަ ގޮތަކަށް ފުވައްމުލަކުގެ ކޮންމެ ވޮލަންޓިއަރަކަށް ވެސް މިދުވަހުގެ ހަރަކާތުގައި ބައިވެރިވެގެން ބައިނަލް އަގުވާމީ އޯޝަން ކޮންސާރވަންސީ ވޮލަންޓިއަރަކަށް ވެވިދާނެއެވެ.

ކޮންސާރވެންސީ ވޮލަންޓިއަރ ލެވެލް މަތިކުރައްވާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !