ގަދަ ވިއްސާރާގައި ވެސް ފުވައްމުލަކު ޑައިވް ސްކޫލުން ބައިނަލް އަގުވާމީ ގޮނޑުދޮށް ސާފުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތެއްގެ ގޮތުން އިއްޔެ ފުވައްމުލަކު ބަނދަރު ތެރެ ސާފުކޮށްފިއެވެ.
ފުުވައްމުލަކު ޑައިވް ސްކޫލުން ހާމަކޮށްފައިވާ ގޮތުން އެސްކޫލުން ވަނީ، އިއްޔެ ފުވައްމުލަކަށް ކުރަމުން ދިޔަ ގަދަ ވިއްސާރައިގެ ތެރޭގައިވެސް ފުވައްމުލަކު ބަދަރަށް ފީނައި އެތަނުގެ އަޑީގައިވާ ކުނިތައް ސާފުކޮށްފައެވެ. އިއްޔެގެ ސާފުކުރުމުގައި އެ ޓީމުން ވަނީ ބަނދަރުގެ އަޑިން 600 ކިލޯ ގްރާމަށް ވުރެ ގިނަ ކުނި ނަގާފައެވެ.

ފުވައްމުލަކު ބަނަދަރުތެރެއިން އިއްޔެ ފވމ ޑައިވް ސްކޫލުން ނެގި ބައެއް ކުނިތައް
ފުވައްމުލައް ސިޓީ ބަނދަރުގެ އަޑިން އިއްޔެ ނަގާފައިވާ ކުނީގެ ތެރޭގައި ބޮޑެތި ދަގަނޑުގަޑަކާއި، ސަތަރި، ފަލަ ވާ، އަދި މިނޫންވެސް ކުނިގެ ބާވަތްތައް ހިމެނެއެވެ.
މިއަދުގެ ސާފުރުމުގެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއްކަމަށް އެޓީމުން ހާމަކުރެއެވެ.
ބަިއނަލް އަގުވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކުގެ ވަށައިގެންވާ ގޮޑުދޮށްތައް ސާފުކުރުމުގެ ފުޅާ ހަރަކާތެއް އިއްޔެ ކުރިޔަށްގެންދަން ފުވައްމުލައް ސިޓީ ކައުންސިލުން ރާވައި ކުރިން އިއުލާންކޮށް ފައިވެއެވެ. ނަމަވެސް އިއްޔެ ފުވައްމުލަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވި ދުހަކަށް ވުމުން އެހަރަކާތްތައް ކެންސަލްކޮށް ފައިވާކަމަށް ވެއެވެ.

އިއްޔެ ފވމ ޑައިވްސްކޫލުން ބަނދަރުތެރެ ސާފުކުރުމުގެ ހަރަކާތް ކުރިޔަށްގެން ދަނީ
5
4
3
2
1
- މާދަމާ ހެނދުނު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފެށޭނީ ރަސްމީ ބޯޅަ ދަނޑުން
- ބައިނަލް އަގުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ’ އާއި ގުޅުވައިގެން ފުވައްމުލައް ސިޓީގެ ގޮޑުދޮށްތައް ސާފުކުރަނީ
- ޑިސްކަވަރީން ‘ޕޮންޑިޗެރީ ޝާކް ހޯދުމަށް ޓައިގަރ ޝާކް ސައިޓަކަށް!
- ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ
- ގޮނޑުދޮށް ސާފުކުރުމުގެ ދެ ދުވަހުގެ ހަރަކާތެއް ހުކުރު ދުވަހު ފަށަނީ