ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި
Share on facebook
Share on twitter
Share on google

ފަތުރުވެރިކަމުގެ ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރުމަށް ތައިލޭންޑްގެ ބޭންކޮކްގައި މިހާރު ކުރިޔަށްދާ ޑައިވިން އަށް ޚާއްސަ ފެއާއެއްގައި ފުވައްމުލައް ސިޓީއިން ބައިވެރިވަމުން އެބަގެންދެއެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

މި މޭ މަހު 18 އިން ފެށިގެން 21 އަށް ކުރިޔަށްގެންދާ މި ފެއާގައި ފުވައްމުލަކުގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ސްޓޯލެއް ވަނި ހަދާފައެވެ. މި ފެއާގައި ބައިވެރިވަނީ ރަށުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އިސްނަގައިގެނެނެވެ. މިފަދަ ފެއާތަކުގައި ބަިއވެރިވެގެން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުކޮށް ރަށުގެ ޑައިވިން ޕްރޮމޯޓް ކުރެވިގެން ދިއުމަކީ ރަށަށް އެއިގެ ނުހަިއ ފައިދާ ލިބިގެންދާނެކަމެކެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

މި ފެއާގެ ފުވައްމުލައް ސްޓޯލްގައި ފުވައްމުލަކުގެ މަޝްހޫރު ޓައިގާ ޝާކްއާއި ކަނޑުއަޑީގެ މަންޒަރުތައް ދައްކުވައި ދީފައި ވެއެވެ. އަދި ރާސުގެ ޑައިވިޏ އާއި ފަތުރުވެރިކަމާއި ގުޅޭ ޕޯސްޓަރުތަކާއި ލީފްލެޓްތައް މި ސްޓޯލް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބަހަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

މި ފެއާގައި ފުވައްމުލައް ސިޓީ ކައުންސިލްގެ 4 މީހަކާއި ފަތުރުވެރިކަމުގެ ދާއިރާގެ 5 މީހަކު ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments