A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް ކުރިމަތިލާފާިވާ ފަރާތްތަކުގެ ވޯޓުލުން ހުކުރު ދުވަހު ބާއްވަނީ

ފުވައްމުލައް ކައިރިއަށް ޑައިވީނަށް ދިއުމަށް އައިސް ތިބި ޔޮޓުތައް 2023

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް ކުރިމަތިލާފާިވާ ފަރާތްތަކުގެ ވޯޓުލުން 3 މާރިޗް 2023 ވާ ހުކުރު ދުވަހު 20:00 އިން 23:00 އަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިފަހަރު ވޯޓު ލަނީ ޑައިވް ސްކޫލް، ގެސްޓްހައުސް އަދި ކެފޭ /ރެސްޓޯރަންޓް ދާއިރާތަކުން  ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައެވެ.

ބާބާ ގާޑިޔާ/ކެފޭއަށް ފަތުރުވެރިން ޒިޔާރަތް ކުރޭ

ޑައިވްސްކޫލްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 4 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:

1- މުހައްމަދު ރިޔާޒު ޓްރާކްވިލާ، ގދ.ވާދޫ

2- އަޙުމަދު އިނާޙު އަނޯނާގެ، ދަޑިމަގު

3- އަބްދުﷲ ނަވާޒު ކެލިސް، މިސްކިތްމަގު

4- އާދަމް ފާރިޝް ގެދަމާގެ، ދަޑިމަގު

ގެސްޓްހައުސްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 5 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:

1- ފާރިޣު އަބުދުﷲ، ކޮއްކިރި، ދަޑިމަގު

2- އަޙުމަދު އިރުޝާދު ޚަލީލު، އިރުޝާދުގެ، ދިގުވާނޑު

3- އަހުމަދު ސާލިހު އިބްރާހިމް، އަމީކޯ، ދޫނޑިގަން

4- މުހައްމަދު އިބްރާހިމް ދީދީ، ވިދުވަރުގެ، މާދަޑު

5- ސައުދުﷲ އަހުމަދު ހަސަން ދީދީ، ނޫރީ ފެހި، ފުނާޑު

ކެފޭ/ރެސްޓޯރެންޓްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 3 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:

1- އަހުމަދު ނަޝީދު، އައިސްގެ، ދޫނޑިގަން

2- ހަސަން ޝިރުހާން، ރޭވަ، ދިގުވާނޑު

3- އިބްރާހިމް މުހައްމަދު، ރިޝްތާ، މާލެގަން

ފުވައްމުލަކު ދަޑިމަގު އަވަށުގައި ހުރި ގެސްޓުހައުސް އާއި ކެފޭ. ފޮޓޯ: ބާބާ ގާޑިޔާ

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ކަނޑައެޅިފައިވާ ދާއިރާއެއްގައި ރަޖިސްޓްރީވެގެން ފުވައްމުލައްކުގައި ޚިދުމަތް ދެމުން އަންނަ ފަރާތްތަކަށެވެ.

އެގޮތުން މިދާއިރާތަކުން (ޑައިވް ސްކޫލް، ގެސްޓް ހައުސް އަދި ކެފޭ / ރެސްޓޯރެންޓް) ވިޔަފާރިކުރައްވާ ފަރާތްތަކުން މި އިންތިހާބުގައި ވޯޓް ދެއްވުމަށް ކޮންމެ ތަނަކުން ވެސް އެތަނެއް ތަމްސީލުކޮށް ވޯޓް ދޭނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު tourism@fuvahmulah.gov.mv މި އީމެއިލް ކުރުމަށް ސިޓީ ކައުންސިލުން އިއުލާކޮށްފައި ވެއެވެ.

މި ބޯޑަކީ ފުވައްމުލައް ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް ސިޓީ ކައުންސިލަށް ލަފާދީ ޓެކްނިކަލް ކަންކަމުގައި އެހީތެރިވެދޭ ބޯޑެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !