A wide advertisement which will be shown on all devices. (700 x 100)

މިސް ވޯލްޑް ސާބިއާ 2022 އަންޔާ ރެޑިޗް ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކޮށްފި

މިސް ވޯލްޑް ސާބިއާ 2022 ފުވައްމުލަކަށް ޒިޔާރަތް ކުރެއްވުން

“ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ” ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ބައިވެރިވި “މިސް ވޯލްޑް ސާބިއާ 2022” އަންޔާ ރެޑިޗް އާއި އޭނާގެ ޓީމުން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކޮށްފިއެވެ.

މިއީ އައްޑޫ ސިޓީގައި ބޭއްވި ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ގެ ދެވަނަ އެޑިޝަންގައި ބައިވެިރވުމަށް އަންޔާ ރެޑިޗް އާއި އޭނާގެ ޓީމުން ކުރި ދަތުރުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ކުރި ދަތުރެކެވެ. މިދަތުރުގައި އޭނާގެ ޓީމުގައި ހިމެނެނީ “މިސް ސާބިއާ” ގެ ޕްރެޒިޑެންޑް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާނަލިސްޓް އަދި ޕްރޮގްރާމް ޕްރޮޑިއުސާ ސްނެޒަނާ އެވެ.

“ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ” އަކީ ޓައިޓަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މި އޯގަސްޓް މަހުގެ 25 އިން 27 އަށް އައްޑޫ ސިޓީގައި ބޭއްވި ދެކުނުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ޚާއްސަ އިވެންޓެކެވެ.

މި ޓީމަށް ފުވައްމުލަކު ބަނދަރުން މަރުހަބާ ދެންނެވީ މޭޔަރު އިސްމާއީލު ރަފީގު އާއި ޑެޕިއުޓީ މޭޔާ މުހައްމަދު ފިކުރީއެވެ.

މިސް ވޯލްޑް ސާބިއާ 2022 ފުވައްމުލަކަށް ޒިޔާރަތް ކުރެއްވުން

މިސް ވޯލްޑް ސާބިއާ 2022- އަންޔާ ރެޑިޗް ގެ ޓީމުން ފުވައްމުލަކު ތުނޑިއާއި ބައެއް އެހެން ސަރަހައްދުތަކަށް ޒިޔާރަތްކޮށް ފޮޓޯ ނަގާފައި ވެއެވެ.

މީގެ އިތުރުން މިޓީމުން ފުވައްމުލަކުގައި މަޝްހޫރު ބާބާ ގާޑިއާއަށް ވެސް ޒިޔާރާތްކޮށް ފޮޓޯ ނާގާފައި ވެއެވެ.

ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދުނިޔޭގެ މަޝްހޫރު މީހުން ފުވައްމުލަކަށް ގެނެވޭ ގޮތް ވުމަކީ އެއިގެ ހެޔޮ އަސަރު ފުވަލުކުގެ ފަތުރުވެރިކަމަަށް ލިބިގެންދާނެ ކަމެކެވެ.

ފުވައްމުލަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ބެލެހެއްޓުމަށް ފުވައްމުލަކު ޓްވަރިޒަމް ޕްރޮމޯޝަން ބޯޑެއް އުފެއްދުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މި ބޯޑުގައި ހިމެނުމަށް ކަނޑައަޅާފައި ވަނީ ފުވައްމުލަކުގެ ޑައިވްސްކޫލްތައް، ގެސްޓް ހައުސްތައް، ރެސްޓޯރަންޓް/ކެފޭ ރެޕްރެޒެންޓް ކުރާނެ މީހާކާއި ސިޓީ ކައުންސިލްގެ ޓްވަރިޒަމް ސެކްޝަން ހެޑް އާއި ކައުންސިލަރުންގެ ތެރެއިން 2 ބޭފުޅެއްގެ އިތުރުން ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރުންގެ 3 މީހެކެވެ.

މިސް ވޯލްޑް ސާބިއާ 2022 ފުވައްމުލަކަށް ޒިޔާރަތް ކުރެއްވުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ފުވައްމުލަކު ޓުވަރިޒަމް އިތުރަށް ތަރައްގީ ނުކޮށް އެއައްވުރެ މާ ބޮޑުތަނުން ރަނގަޅުވާނީ ރާވެރިކަން އައިސް މިނަކަށް ގެންދިޔަޔަސް އޭރުން ރަށުގެ އިޖްތިމާއީ ފޭރާން ނުވީދޭނެ