A wide advertisement which will be shown on all devices. (700 x 100)

ވަސްދުވުން ހުއްޓިއްޖެ ނަމަ އެއީ ކޯވިޑް19ގެ އަލާމަތަކަށް ވެދާނެ – ޑޮކްޓަރުން

ވަސްނުދުވުމަކީ ކޯވިޑް19 ހުރިކަމުގެ އަލާމަތެއް-ޑޮކްޓަރުން

ކުއްލިއަކަށް ވަސްދުވުން ހުއްޓިއްޖެނަމަ އެއީ ކޯވިޑް19 ބަލީގެ އަލާމާތެއް ކަަމަށް އީއެންޓީ ޑޮކްޓަރުންނާއި ހަވާލާދީ ނޭޗަރ ސައިންސް މަޖައްލާ އިން ހާމަކޮށްފިއެވެ.

ވަސްދުވުމުގެ ހިއްސު އުނިވުން ނުވަތަ “އެނޮސްމިއާ” އަކި ވައިރަސްބަލިތަކާއި ގުޅުން އޮންނަކަން ކުރިންވެސް ހާމަވެފައިވާ ކަމެކެވެ. އިނގިރޭސިވިލާތުގެ ދަ ރޯޔަލް ކޮލެޖް އޮޮފް ސާޖަންސް ގެ އީއެންޓީ ޑޮކްޓަރުން ޖަމިިއްޔާއިން މި މާރިޗު މަހު 21 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން ވަސްދުވުމުގެ ހިއްސު އުނިވުފައިވާ ނުވަތަ ވަސްދުވުން ހުއްޓިފައިވާ މީހުންގެ %40 އަކީ ވަރައިސް އިންފެކްޝަން ޖެހުމަށްފަހު ވަސްދުވުން ހުއްޓިފައިވާ މީހުންނެވެ.

ކޯވިޑް19 ގެ ބަލީގެ އެކިގައުމުތަކުގެ މީހުންގެ ކިބައިން ފެނުނު އަލާމާތްތަކަށް ބަލާއިރު ފާހަގަކުރެވޭހާ ގިނަ ބަލިމީހުންގެ ކިބައިން މި ނިޝާން (ވަސް ނުދުވުން) ފެނިފައިވާ ކަމަށް އީއެންޓީ ޔޫކޭ އިން ހާމަކޮށްފައިވެއެވެ.

އެހެން ބައެއް ރިޕޯޓްތަކުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު ވަސްނުދުވުމާއި ރަހަނުލުން (ޑިސްގޯޝިއާ) އެކަނި ބަލީގެ ނިޝާނެއްގެ ގޮތުގައި ހުރެގެންވެސް ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެމެރިކަން އެކަޑެމީ އޮފް އޮޓޮލަރިންގޮލޮޖީ (AAO–HNS) ގެ ހެޑް ނެކްސާޖަރީ މި މާރިޗު މަހު 22 ގައި ހާމަކޮށްފައި ވެއެވެ. އޭއޭއޯގެ ޑޮކްޓަރުން މިހާރުވަނީ ކޯވިޑް19ގެ ނިޝާންތަކުގެ ލިސްޓަށް ވަސްނދުވުމާއި ރަހަނުލުން އިތުރުކުރުމަށް ހުށަހަޅާފައެވެ. އެއީ ނޭވާލާ ނިޒާމުގެ އެހެން ބައްޔެއްގެ ނިޝާނެއް ނެތަސް މިދެކަމުން އެކަނި ވެސް ވަކިން ޚާއްސަކޮށް ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވެފައިވާތީއެވެ.

އިތުރުނެޝާނެއް ނެތި ހަމައެކަނި ވަސްނދުވުމާއި ރަހަނުލުން ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވިަފއިވާ ކޯވިޑް19ގެ ބަލިމީހުން އީރާނާއި އެމެރިކ،ާ ފްރާނަސާއި އިާޓލީގެގެ އުތުރު ސަރަހައްދުން ފެނިފައިވާ ކަމަށް އީއެންޓީ-ޔޫކޭ އިން ހާމކޮށްފައިވެއެވެ. އިނގިރޭސި ރިނޮލޮޖިކަލް ސަޮސައިޓީގެ ރައީސް ހޮޕްކިންސް ފާހަގަކުރައްވާފައިވާ ގޮތުން ފާއިތުވި ހަފުތާގައި އޭނާ އަމިއްލައަށް ވެސް ވަނީ ބަލީގެ އެހެން ނިޝާނެއް ނެތް، ހަމައަކަނި ކުއްލިއަކަށް ވަސްދުވުން ހުއްޓިފައިވާއުރުން 40 އަހަރުން ދަށުގެ 4 ބަލިމީހުން ބަލާފައިވާކަން ހާމަކޮށްފައެވެ.

“އަހަރެންނަށް ގަބޫލުކުރެވެނީ ނޭނގިތިބެ މިބަލި (ކޯވިޑް19) ހަލުއިކަމާއެކު ފެތުރުމަށް މިފަދަ ބަލިމީހުން އެހީތެރިވާ ކަމަށް”އެވެ. ހޮޕްކިންސް ހާމަކުރެއެވެ.

ޖަރުމަނުގެ ޔުނިވަސިޓީ ހޮސްޕިޓަލް ބޮން އިން ކުރި ކޯވިޑް19ގެ 100 އަށްވުރެ ގިނަ ބަލިމީހުންގެ ދިރާސާއިން ދައްކާގޮތުގައި އެއިގެތެރެއިން %70 މީހުންގެ މި ދެހިއްސު (ވަސްދުވުން އަދި ރަހަލުން) ގެއްލިފައިވާކަމަށް ވައިރޮލޮޖީ ޑޮކްޓަރު ޑރ.ހެންރިކް ސްޓްރީކް ހާމަކުރައްވައެވެ.

ވަސް ނުދުވުމުގެ އަސަރަށް އިތުރަށް ބަލާއިރު “މައިންނަށް ދަރިންގެ ނެޕީގެ ވަސް ނުވުވުމާއި، އެހެން މީހުންނަށް ޝޭމްޕޫގައި ވަސް ނުދުވުމާއި ކާއެއްޗެހީގައި ރަހަނުލުން ފާހަގަ ކުރެވޭ” ކަމަށް ޑރ.ހެންރިކް ސްޓްރީކް ފްރޭންކްފާޓާ އޯލްޖެމެއިން ނިއުސްއަށް ހާމަކުރެވިއެވެ.

ކޯވިޑް19ގެ ބަލި މީހުންގެ ކިބައިން ވަސްނުދުވުމާއި ރަހަނުލުމުގެ މިއަލާމާތްތައް ފެށިފައިވަނީ ސީދާ ކިހާ ހިސާބެއްގައި ކަން ޑޮކްޓަރުންނަށް އަދި މުޅިން ޔަގީން ނުވިޔަސް އެމީހުން ގަބޫލުކުރަނީ މިކަންތައްތައްްތައް ދިމާވަނީ ބަލިޖެހި އެއިގެފަހުން ކަމަށެވެ.

ކޯވިޑްގެ އެހެން އަލާމަތެއް ނެތް ކަމުގައިވިޔަސް ވަސްދުވުން ހުއްޓިއްޖެނަމަ 7 ދުވަހަށް އަމިއްލައަށް ގައިދުރުވުމަށް ނުވަތަ އެކަހެރި ވުމަށް (އެހެންމީހުނާއި ވަކިން އުޅުމަށް) އީއެންޓީ-ޔޫކޭ ޑޮކްޓަރުން ލަފާދެއެވެ. މިގޮތަށް އެކަހެރިވުމުގެ ސަބަބުން ބަލި އުފުލާ ވެކްތަރ އަކަށް ނުވެ، ބަލިފެތުރުމުގެ ފުރުސަތު ކުޑަކުރެވިގެންދާނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !