A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑްކަޕް 2018: ފްރާންސް އާއި ކްރޮއޭޝިއާ ދެވަނަ ބުރަށް

ފްރާންސް ގައުމީ ޓީމަށް ގޯލު ޖަހައި ދިން އެންމެ ހަނގު ކުޅުންތެރިޔާ 19 އަހަރުގެ އެމްބާޕޭ. ފޮޓޯ: ފީފާ

މިރޭ ކުޅެވުނު ފީފާ ވޯލްޑް ކަޕް 2018 ގެ މެޗުތަކަށް ބަލާއިރު ގްރޫޕް ސީ އިން ފްރާންސް ޓީމު ދެވަނަ ބުރުން ޖާގަ ހޯދި އިރު ގްރޫޕް ޑީ އިން ކްރޮއޭޝިއާ ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ގްރޫޕް ޑީ ގެ ވާދަވެރި ދެޓީމު ކަމަށްވާ އާރޖެންޓީނާއާއި ކްރޮއޭޝިއާ މި ރޭ ބައްދަލު ކުރި މެޗު ނިމުނީ 3-0 ގެ ބޮޑު ތަފާތަކުން ކްރޮއޭޝިއާ މޮޅު ވެގެންނެވެ.

ގްރޫޕް ސީ: އޮސްޓްރޭލިއާ 1 – 1 ޑެންމާކް، ފްރާންސް 1 – 0 ޕެރޫ

ގްރޫޕް ސީގެ ދެމެޗު މިއަދު ކުޅެވުނު އިރު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އާއި ޑެންމާކް ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެޓީމު އެއްވަރު ވެގެން ނެވެ. މިމެޗުގެ 7 ވަނަ މިނިޓްގައި ޑެންމާކުގެ އެރިކްސަން ގޯލެއް ޖަހައި ލީޑު ނާގާފައި ވަނިކޮށް މެޗުގެ 37 ވަނަ ިނިޓްގައި ލިބުނު ޕެނަލްޓީއަކުން އޮސްޓްރޭލިއާގެ ޖެޑިނަކް ގޯލްޖަހައި ނަތީޖާ ހަމަހަމ ކުރިއެވެ.

ދެޓީމުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ކުޅުނު މިމެޗުގެ ފަހު ހާފުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔައީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޑެންމާކްގެ ގޯލް ކާމިޔާބުކޮށްދިން އެރިކްސަން އެވެ. 

މިއަދުގެ ދެވަނަ މެޗުގައި މި ގްރޫޕުް ފްރާންސް އާއި ޕެރޫ ބައްދަލު ކުރި މެޗު 1-0ން ފްރާންސް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރި އިރު ޕެރޫ ދެ މެޗުން ބަލިވެ މުބާރާތުން ކެޓީއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ އެމްބާޕޭ ކާމިޔާބުކޮށްދިން ގޯލާއެކު މެޗު ނިމުނީ އިތުރު ގޯލެއް ނުޖެހިއެވެ. މި ލަނޑާއެކު 19 އަހަރާއި 183 ދުވަސް ހަމަ ކުރި އެމްބާޕޭ ވެގެން ދިޔައީ ފްރާންސްގެ ގައުމީ ޓީމަށް ގޯލު ޖަހައިދިން އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. ފްރާންސުން ކުޅުން ދެމެޗުން 6 ޕޮއިންޓް ހޯދިއިރު ކެޕްޓަން ހޫގޯ ލޯރިސް ވަނީ ގައުމީ ޓީމަށް 100މެޗު ކުޅެދީ ސެންޗަރީ އެއް ހަމަކޮށްފައެވެ.

މި ގްރޫޕްގައި ކުރިޔަށް ދެން ކުޅޭނީ:

ފްރާންސާއި ޑެންމާކް

ޕެރޫއާއި އޮސްޓްރެލިއާގެ މެޗެވެ.

ގްރޫޕް ޑީ: އާޖެންޓީނާ  0 – 3 ކްރޮއޭޝޮިއާ

ގްރޫޕް ޑީގައި މިރޭ ކުޅުނީ މި ގުރޫޕްގެ އެންމެ ވާދަވެރި ކަމަށް ބެލެވޭ ދެޓީމު ކަމަށްވާ އާރޖެންޓީނާ އާއި ކްރޮއޭޝިއާގެ މެޗެވެ. މި މެޗު ފުރަތަމަ ފާހުގައި ދެ ޓީމުން ވެސް  މޮޅު ކުޅުމެއް ދައްކައި އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މި ހާފުގައި ގިނައިން ބޯޅަ ގެންގުޅެފައި ވަނީ އާރޖެންޓީނާއިންނެވެ. މި ހާފުގައި އާރޖެންޓީނާ އިން އުފެއްދި ހަމަލައެއްގައި ހުސް ގޯލަށް ބޯޅަ ވައްދާލަން ލިބުމުން ވެސް އާޖެންޓީނާ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު އަރިމަތީ ދާގަނޑަށެވެ.

ދެވަނަ ހާފުގައި އާޖެންޓީނާ ގެ ކީޕަރު ކެބެލޭރޯ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ކްރޮއޭޝިއާ އިން މެޗުގެ ލީޑު ނެގީ މެޗުގެ 53 ވަނަ މިނިޓގައި ކްރޮއޭޝިއާގެ ރެބިޗް އެވެ. އެއާއެކު ކްރޮއޭޝިއާގެ ކުޅުން ވަރުގަދަވި ނަމަވެސް އާޖެންޓީނާއިން އިދިކޮޅު ގޯލަށް ހަމަލާ ދެމުން ދިޔައެވެ. މެޗުގެ 80 ވަނަ މިނިޓުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކަރ މޮޑްރިޗުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން 2 ވަނަ ގޯލު ކާމިޔާބު ކުރިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާ ޓީމުން އޯލް އެޓޭކެއްގައި ގެއްލުނު ބޯޅައިގެ ފައިދާ ނަގައި ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ 3-0ށް ބަދަލު ކޮށްލީ އެޓީމުގެ ރަކިޓިޗް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މޮޑްރިޗް އެވެ.

މި މެޗުގައި އާޖެންޓީނާގެ މެސީއަށް މާ މޮޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޑިބާލާ އާއި ހިގުއިން ކުޅުނެވެ.

ގިނަ ބަޔަކު ހައިރާން ކުރުވި މިނަތީޖާއާއި އެކު ކްރޮއޭޝިއާ  6 ޕޮއިންޓާއެކު ދެވަނަ ބުރުން ޖާގަ ހޯދިއިރު އާޖެންޓީނާ ދެވަނަ ބުރަށް އުއްމީދު ކުރަން ޖެހޭނީ ވެސް ފަހު މެޗުން މޮޅެއް ހޯދައި ގޯލު ތަފާތަށް ބަލައިގެންނެވެ. މިގްރޫޕުގެ ދެވަނަ ޖާގައަށް ބާކީ އޮތް 3 ޓީމަށް ވެސް ފުރުސަތު އަދި އެބައޮތެވެ. 

މި ގްރޫޕްގައި ދެން ކުޅެނީ:

އާޖެންޓީނާ އާއި ނައިޖީރިއާ

ކްރޮއޭޝިއާއާއި އައިސްލޭންޑް އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !