A wide advertisement which will be shown on all devices. (700 x 100)

ރަސްމީކޮށް އެތުލެޓިކްސް މީޓުގެ ފެށުން މިއަދު ހަވީރު ބާއްވައިފި

މިއަދު ހަވީރު ބޭއްވުނު އެތުލެޓިކްސް މީޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެތުލެޓިކްސް ފވމ

މިމަހު 23ގައި އިވެންޓްތައް ފެށި މައިލޯ އިންޓަރ ސްކޫލް 21 ވަނަ އެތްލެޓިކްސް މީޓު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފިއެވެ. ވިއްސާރައިގެ ސަބަބުން ލަސް ކުރެވުނު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ފެނިގެން ދިޔައީ ސްކޫލު ކުދިންގެ އިތުރު ކުޅިވަރު އައިޓަމް ތަކަކާ ވެސް އެކުގައެވެ.

ނަމަވެސް ފުވައްމުލަކު ސްޓޭޑިއަމްގައި ކުރިޔަށް ދާ މި މުބާރާތުގެ ގިނަ އިވެންޓްތަކަކަށް ވިއްސާރައިގެ އަސަރުކޮށްގެން ލަސްކުރަން ޖެހުނެވެ.

މާދަމާ ނިންމުމަށް ރޭވިފައިވާ މިމުބާރާތުގެ ގިނަ އިވެންޓްތަކެއް ކުރިޔަށް ގެން ގޮސް މިހާރު ވަނީ ނިމުމަކާއި ގާތަށް އައިސްފައެވެ.

3000 މީޓަރު ދުވުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި:

1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އައިހަމް މޫސާ

3000 މީޓަރު ދުވުން 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި:

1 ވަނަ ޝަރަފުއްދީން ސްކޫލްގެ އައިޝަތު ނާޝިޔާ.

1000 މީޓަރު ދުވުން އަންހެން ކުދިންގެ ބައި

1 ވަނަ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އާޔާ އަލީ.

2 ވަނަ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ޔާނާ

3 ވަނަ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އައިނީ.

1500 މީޓަރު ދުވުން

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި

1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަަހުމަދު އައިހަމް މޫސާ.

2 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޔަތޫފް

3 ވަނަ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޒައިދާން އާތިފް.

1700 މީޓަރުގެ ދުވުން 17 އަހަރުން ދަށުގެ އަންހެން ބައި

1 ވަނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުޙައްމަދު

2 ވަނަ ޝަރަފުއްދީން ސްކޫލްގެ ނަސައިމް ނަސީމް

3 ވަނަ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ ރަބާ އިސްމާއީލް އާސިފް.

ޖެވެލިން ތްރޯ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި:

1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޒަޔާން އަހުމަދެވެ.

ޖެވެލިން ތްރޯ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި:

1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ އިމްޝާ އަބުދުއްލަތީފު.

ޝޮޓް ޕުޓް 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި

1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ޖިވާ.

ލޯންގް ޖަމްޕު 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި

1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ ހައްވާ ރާނިޔާ.

ލޯންގް ޖަމްޕު 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި:

1 ވަނަ ޖަމާލުއްދީން ސްކޫލްގެ (އެމްޖޭއެސް) މަރިޔަމް ރޫޔާ އަލީ.

ހައި ޖަމްޕު 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި:

1 ވަނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު އައިހަމް.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !