A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ ދެ މެޗް މިސްކިތްމަގު އަދި ދަޑިމަގަށް

ފުރަތަމަ މެޗްގެ ކްއީން އޮފް ދަ މެޗް ހޯދި ކޮޕިލާ އަށް މުބާރާތުގެ ޝަރަފްވެރި މެހްމާން ފްރީގައިޒް ހޯލްޑިންގ ގެ ޗެއާމަން ޑީޑީ އިނާމް ދެއްވަނީ. ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި އިއްޔެ ހަވީރު އަދި ރޭ ކުޅުނު މެޗްތައް މިސްކިތްމަގު އަދި ދަޑިމަގު ކާމިޔާބުކޮށްފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު ސްޕައިކާރސް އެވެ. މިމެޗް ވަރަށް ފަސޭހަ ކަމާއި އެކު 3-0 އިން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ މިސްކިތްމަގު ޓީމަށް ކުޅޭ ނޭޕާލް ކުޅުންތެރިޔާ ކޮޕިލާ އެވެ.

މުބާރާތުގެ ދެ ވަނަ މެޗްގައި ރޭ ބައްދަލުކުރީ ދަޑިމަގު ރަނިން އާއި އެކުވެރި ފުނާޑު އެވެ. މިމެޗް 3-1 އިން ކާމިޔާބުކުރީ ދަޑިމަގު ރަނިން އެވެ. މިމެޗްގައި ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ސެޓް 27-25 އިން ގެންދިޔައީ ފުނާޑެވެ. ނަމަވެސް ބާކީ ތިން ސެޓް ވަރަށް ވާދަ ވެރިކަމާއި އެކު ގެންދިޔައީ ދަޑިމަގު ރަނިން އެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ ދަޑިމަގު ރަނިން ޓީމްގެ އިންޑިޔާ ކުޅުންތެރިޔާއެވެ.

މިމުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅޭނެއެވެ. މިއަދު ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މާދަޑު ފިސްޑާ އެވެ. މިމެޗް ފެއްޓުމަށް ހަމަޖެހިފައިވަނީ 4:00 ގައެވެ. ރޭގަނޑުގެ މެޗް 8:30 ގައި ބައްދަލުކުރާނީ މާލެގަން ޔެސް އާއި އެކުވެރި ފުނާޑުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !