24 ޖުލައި 2019 ( ބުދަ )

މުބާރާތުގެ ތަށި އުފުލައި ހޭޒުން ޓީމުން އުފާ ފާޅު ކުރާނީ

އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޭޒް އަށް

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތަށި ހާފިޒު އަހުމަދު ސްކޫލު (ހޭޒް) ގެންގޮސްފިއެެވެ. ހޭޒު މިމުބާރާތުގެ ތަށި އުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު 2-0 އިން ހޭޒް ކާމިޔާބު ކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި (ޏ.އޭއީސީ) ވާދަކޮށެވެ.

ފުވައްމުލަކު ސްކޫލްތަކުގެ ކުޅިވަރުގައި ރަސްކަން ކުރަމުން އައި ޏ.އޭއީސީ އަަށް މިމުބާރާތުން ލިބުނީ ދެވަނައެވެ. މުބާރާތުގައި ބައިވެރިވި 4 ޓީމުގެ ތެރެއިްނ 3 ވަނަ އަށް ދިޔައީ އެމްޖޭއެސް ގެ ޓީމެވެ.

މުބާރާތުގެ ރަނަރަޕް ޓީމު : ޏ.އޭއީސީ

މިއަދު މިމުބާރާތް ނިމުމާއެކު މުބާރާތުގެ ވަންތަކަށް އިނާމާއި ތަށި އަދި މެޑެލް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މިއަދު ކުޅެވުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ހާފިޒް އަހުމަދު ސްކޫލް ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރު 10 މުހައްމަދު ނިހާމް އަމްޖަދު އެވެ.

މުބާރާޓުގެ އެންމެ މޮޅު ކުލުންތެރިޔާ: ހޭޒްގެ ޖ.10 ނިހާމް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހާފިޒް އަހުމަދު ސްކޫލް ޓީމުގެ ކެޕްޓަން ނިހާމެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކީ ހާފިޒް އަހުމަދު ސްކޫލް ޓީމުގެ ޖާޒީ ނަމްބަރު 9 މުހައްމަދު އަލްހިމް ޝަރީފެވެ.

މުބާރާތުގެ އެންމެ މޮލޫ ގޯލުކީޕަރަކީ ޏ.އޭއީސީ ޓީމުގެ ޓީމުގެ ޖާޒީ ނަމްބަރު 1 އަހުމަދު ޒާދު އަބްދުﷲ އެވެ.

މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކީ ފުވައްމުލަކު ސްކޫލް ޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު ނާޒިހު ނަޖުމީ އެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ފުވައްމުލަކުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދި ހޭޒްގެ ޓީމު



ކިޔުންތެރިންގެ ޚިޔާލު