31 މެއި 2020 ( އާދީއްތަ )

banner

ސެމީ ފައިނަލްގެ 5ވަނަ ބުރުގެ ބައިވެރިން ކަނާތްފަރާތުގައި ކަޅު ޓީޝާޓުގައި ޝިމައްލޭ

ރާޅާ އެޅުމުގެ މުބާރާތުން 13 އަހަރުގެ ޝިމާލް ސެމީ އިން ޖާގަ ހޯދި

މިއަދު މާލޭ ވަރުނުލާ ރާޅުގަނޑުގައި ނިމިގެން ދިޔަ “ސީސްޕޯރޓްސް ރާޅު ސީޒަން އޯޕެނިން” ރާޅާ އެޅުމުގެ މުބާރާތުގައި ބައިވެރިވި ފުވައްމުލަކު 7 ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ 13 އަހަރުގެ ޝަމާލް ޝަމީމު (ޝިމައްލޭ) އެވެ.

މުބާރާތުންގެ ކްއާރޓަރ ފައިނަލަށް ދިޔަ ފުވައްމުލައް ސިޓީގެ އަނެއް ދެކުދިން ސެމީ ފައިނަލާއި ހަމަޔަށް ނުދެވި ޖެހުނީ މުބާރާތް ނިންމާލާށެވެ. ޝިމާލްގެ ބޮޑީބޯޑިން ހުނަރު ފާހަގަކޮށް މޯލްޑިވްސް ސާފިން އެސޯސއިޢޭޝަނުގެ މިހާރުގެ ޗެއާމަން މުހައްމަދު ސޮބާހު (ޗޭ) އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ “މިމުބާރާތުގައި ބައިވެރިވި 48 ބައިވެރިންގެ ތެރެއިން އެންމެ ޒުވާން ބައިވެރިއަކީ ޝިމައްލޭ، އޭނާ ދަނީ 10 ފޫޓަށްވުރެ ބިޔަ ފުރޭތަ (ރާޅު) ތަކުގައި ޖައްސަމުން، އެތަން ފެނުމުން ހަދާނަށް އަންނަނީ އަލީ ޚުރުޝޫވާން އަހުމަދު މަތިން، އޭނާވެސް ރާޅާ އަޅަންފަށާފައިވަނީ މިއުމުރުގައި”

ޝިމައްލޭ ސާފިން އެސޯސިއޭޝަންގެ ޗެއާމަން ސޮބާހާއިއެކު

މި މޭ މަހު 1-4 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި (ބްރިޖް ކައިރީ) ކުރިޔަށްދާ މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައި ވަނީ ޖުމްލަ 7 ބައިވެރިންނެވެ.

މިމުބާރާތުގައި މުޅިރާއްޖެއިން 48 ބޮޑީ ބޯޑަރުންގެ ތެރެއިން ކްއަރޓަރ ފައިނަލުން ޖާގަހޯދި ފުވައްމުލަައް ސިޓީގެ 3 ބައިވެރިންނަކީ:

މުހައްމަދު ވިއާމް (ޖޭޑީ) ހޯދަޑު

އަލީ ޒަޔާން (ބެނެޓޭ) ހޯދަޑު

ޝިމާލް ޝަމީމު (ޝިމަލޭ) ހޯދަޑު އެވެ.ކިޔުންތެރިންގެ ޚިޔާލު