A wide advertisement which will be shown on all devices. (700 x 100)

ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ދުވަހުގެ މެޗްތައް މިސްކިތްމަގާއި ދަޑިމަގަށް

ފުރަތަމަ މެޗްގެ ކުއީން އޮފް ދަ މެޗް ހޯދި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ރިޝާ. ފޮޓޯ: ވީއޭއެމް

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ދުވަހުގެ މެޗްތައް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގެ ގޮތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ކާމިޔާބުކުރީ ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މެޗްގެ ކުއީން އޮފް ދަ މެޗަކީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ޖ.2 ފާތިމަތު ރިޝާއެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ރޭ ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު ވެށިނަލަ ޖަމްއިއްޔާ އެވެ. މިމެޗްވެސް ފަސޭހަ ކަމާއިއެކު ތިން ސެޓުން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މެޗްގެ ކުއީން އޮފް ދަ މެޗަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.1 ފާތިމަތު މާޖިދާއެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއެވެ. އަދި މިރޭ ބައްދަލުކުރާނީ ވެށިނަލަ ޖަމްމިއްޔާ އަދި ފުވައްމުލަކު ސްޕޯޓްސް ކްލަބް އެވެ.

ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !