25 މެއި 2020 ( ހޯމަ )

banner

ފުވައްމުލައް ހޮސްޕިޓަލުގެ ސްޓާފް ބެޑްމިންޓން މުބާރާތް 2019

ފުވައްމުލައް ހޮސްޕިޓަލުގެ ސްޓާފް ބެޑްމިންޓަން މުބާރާތް ކުރިޔަށް

“ސްމޭޝް އިޓް 2019” ގެ ނަމުގައި ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތުގެ ކުޅުން މިއަދު ފެށިއްޖެއެވެ. އެމްއެންޑީއެފް-ފުވައްމުލައް އިންޑޯރ ކޯޓުގައި ކުރިޔަށް ދާ މިމުބާރާތުގައި އެކުވެރި ރޫހެއްގައި ވާދަކުރާނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން 4 ޓީމެއްގެ ގޮތުގައެވެ. އެއީ ފެހި ޓީމާއި ރަތް ޓީމާއި ނޫ ޓީމާއި އޮރެންޖް ޓީމެވެ.

މިއަދު މުބާރާތް ފައްޓަވާ ދެއްވީ ފުވައްމުލައް ސިޓީގެ ކުރީގެ ބެޑްމިންޓަން ކުޅުންތެރެއެއް ކަމަށްވާ ދޫނޑިގަމު ނޫމާނު އަލިދީދީ އެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ ސްޓާފް ބެދްމިންޓަން މުބާރާތް 2019

މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ (ހުކުރު އަދ ހޮނިހިރު) އެވެ.

މިއީ އެ ހޮސްޕިޓަލަށް 46 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ހަރަކާތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މީގެ އިތުރުން އެހޮސްޕިޓަލުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބައިސިކަލް ބުރެއް ވެސް ވަނީ ބާއްވާފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓީމުތައްކިޔުންތެރިންގެ ޚިޔާލު


  1. ާއަލިބެ އެކޯޑު 20 ޖުލައި 2019 08:07

    ފުވައްމުލަކުގައި ސިއްހީ ޚިދުމަތް ދޭން ފެއްޓިތާނ 46 އަހަރު ފުވައްމުލަކުގައި އެންމެ ފުރަތަމަ ރަސްމީކޮށް ޚިދުމަތް ފެއްޓުނީ ފުނާޑު ރިޔާޒުގައެވެ. 1973ގައެވެ