9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

މިފަހަރު އެތުލެޓިކްސްގައި ފުވައްމުލައް ސިޓީން އެންމެ ކާމިޔާބު ސްކޫލް އެމްޖޭއެސް

އިންޓަރ ސްކޫލް އެތުލެޓިކްސްގައި މިފަހަރު ފުވައްމުލައް ސިޓީން އެންމެ ކާމިޔާބީ އެމްޖޭއެސް ޓީމު

އިއްޔެ މާލެގައި ނިމުނު އިންޓަރ ސްކޫލް 22 ވަނ އެތުލެޓިކްސް މުބާރާތުގައި މިފަހަރު ފުވައްމުލައް ސިޓީން ބައިވެރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އެވެ. އެ ސްކޫލުގެ ޓީމުތަކުން ވަނީ 13 އަހަރުން ދަށުގައި އަންހެން ކުދިންގެ ބައިންނާއި 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 3 ވަނަ ހޯދާފައެވެ. މާލޭ ޓްރެކް ދަނޑުގައި ކުރިޔަށް ގެންދެވުނު މި މުބާރާތުގައި އެމްޖޭއެސްގެ އިތުރުން ފުވައްމުލައް ސިޓީން ބައިވެރިވެފައި ވަނީ ޏ.އޭއީސީ އާއި ފުވައްމުލަކު ސްކޫލުންނެވެ. ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) އިން މި މުބާރާތުގައި ވާދައެއް ނުކުރެއެވެ.

މިމުބާރާތުގަިއ ރާއްޖޭގެ 43 ސްކޫލަކުން 142 ޓީމުގައި 1274 އެތުލީޓުން ވަދަކުރީ 8 އުމުރުފުރައިގެ ޓީމުތަކުގައެވެ.

އެމްޖޭއެސްގެ އެތުލެޓިކްސް ޓީމު 2019

އެމްޖޭއެސް އިން ވަނީ މުބާރާތުގައި ޖުމްލަ 12 މެޑެލް ކާމިޔާބުކޮށްފައެވެ. އެއީ:

13 އަހަހރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 

100 މީޓަރު ދުވުން 2 ވަނަ މުހައްމަދު ޖަރީޝް އެމްޖޭއެސް

ހަައިޖަމްޕް 2 ވަނަ މުހައްމަދު ޖަރީޝް އެމްޖޭއެސް

13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 

70 މީޓަރ ހާރޑްލްސް 1 ވަނަ އާއިޝަތު ތަނާ އެމްޖޭއެސް

100 މީޓަރު ދުވުން 2 ވަނަ އާއިޝަތު ސަރާ އެމްޖޭއެސް

ހައިޖަމްޕް 3 ވަނަ ހަނީން، އެމްޖޭއެސް

4*80 މީޓަރ ރިލޭ، އަންހެން 2 ވަނަ އެމްޖޭއެސް

4*100 މީޓަރ، އަންހެން ރިލޭ 2 ވަނަ އެމްޖޭއެސް

15 އަހަހރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 

ހައިޖަމްޕް 1 ވަނަ ޝިމާލް – އެމްޖޭއެސް

ޝޮޓްޕުޓް 3 ވަނަ ހުސައިން އުޒައިން އަލީ، އެމްޖޭއެސް

ޑިސްކަސް ތުރޯ 3 ވަނަ ހުސައިން އުޒައިން އަލީ، އެމްޖޭއެސް

15 އަހަހރުން ދަށުގެ އަންހެން ކުދިންގެ ބައިން 

ޑިސްކަސް ތުރޯ 2 ވަނަ ރީޝާ، އެމްޖޭއެސް

4*100 މީޓަރ، ރިލޭ، ފިރިހެން 3 ވަނަ އެމްޖޭއެސް

އެމްޖޭއެސް އެތުލެޓިކްސް ޓީމު – ކޯޗު ޝާމިލާ އާއިއެކު

ޕޮއިންޓް ޓޭބަލް

ޕޮއިންޓް ޓޭބަލަށް ބަލާއިރު އެމްޖޭއެސްގެ 13 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިން 66 ޕޮއިންޓާއެކު 3 ވަނަ ލިބޭއިރު ފިރިހެން ޓީމަށް 9 ވަނަ ލިބެނީ 24 ޕޮއިންޓާއެކު އެވެ.

މިބައިގައި ވާދަކުރި ޖުމްލަ 23 ޓީމުގެ ތެރެއިން އެފްއެސްގެ އަންހެން ޓީމަށް ލިބުނީ 16 ޕޮއިންޓާއެކު 10 ވަނައެވެ. ފިރިހެން ކުދިންގެ ބައިގައި ވާދަކުރި 26 ޓިމުގެ ތެރެއިން އެފްއެސް އަށް ލިބެނީ 4 ޕޮއިންޓާއެކު 24 ވަނައެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 55 ޕޮއިންޓާއެކު އެމްޖޭއެސް އަށް 3 ވަނަ ލިބޭއިރު އަންހެން ޓީމަށް 8 ވަނަ ލިބެނީ 31.5 ޕޮއިންޓާއެކު އެވެ.

މިބައިގެ 22 ޓީމާއި ވާދަކޮށް ޏ. ޢޭއީސީގެ ފިރިހެން ޓީމަށް  މިބައިގެ 4 ވަނަ 45 ޕޮއިންޓާއެކު ލިބޭ އިރު އެފްއެސް އަށް ލިބުނީ 22 ޕޮއިންޓާއެކު 9 ވަނައެވެ.

މ އުމުރުފުރާގެ އަންހެން ބައިން ޏ.އޭއީއީގެ ޓީމަށް  50 ޕޮއިންޓާއެކު 4 ވަނަ ލިބޭ އިރު 5 ވަނަ އެމްޖޭއެސް އަށް ލިބެނީ އެއްޕޮއިންޓް މަދުން، (49) ލިބިގެން ނެވެ. މިބައިގައި ވާދަކުރި21 ޓީމުގެ ތެރެިއން އެފްއެސް އަށް 17 ވަނަ ލިބެނީ 3.5 ޕޮއިންޓުންނެވެ.

ޏ.އޭއީސީ އަށް މިމުބަރާތުގައި ވާދަކުރީ ވަނީ 24 އެތުލީޓުންނާއެކު 3 ޓީމެކެވެ. އެއީ 13 އަހަރުން ދަށުގެ އަންހެން /ފިރިހެން އަދި 17 އަހަރުން ދަށުގެ ފިރިހެން ބައިގައިއެވެ.

އެސްކޫލަށް އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދިފައި ވަނީ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 78 ޕޮއިންޓާއެކު 2 ވަނައެވެ. މިބައިން އެއްވަނަ ހޯދި ގދ.އޭއީސިން ވަނީ 107 ޕޮއިންޓް ހޯދާފައެވެ. މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިގައި ޏ.އޭއީސީން ބައިވެރިވެފައެއް ނުވައެވެ.

މެޑެލް ރަސްމިއްޔާތުގެ ތެރެއިން

ޏ.އޭއީސީއަށް މިފަހަރު ހާސިލުކުރެވުނު ބައެއް މެޑެލްތައް

17 އަހރުން ދަށުގެ ފިރިހެން ޓީމުން ވަނީ 4*100 މީޓަރ، ރިލޭ އިން ރަންމެޑެލް.

17 އަހރުން ދަށުގެ ފިރިހެން ކުދިންގެ 800 މީޓަރ ދުވުމުން ޏ.އޭއީސީގެ އައިހަމް މުސާ ވަނީ 1ވަނަ ހޯދައި ރަންމެޑެލް.

17 އަހރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓްޕުޓް ޏ.އޭއީސީގެ އަހުމަދު ޒާދު އަބްދުﷲ އަށް ލިބުނީ 3 ވަނއާއެކު ބްރޯންޒް މެޑެލް

15 އަހަރުން ދަށުގެ އަންހެން ކުުދިންގެ ޖެވެލިން ތުރޯއިން ޏ.އޭއީސީގެ  އާއިޝަތު ޔަނާލް ވަނީ 1 ވަނަ އާއި އެކު ގޯލްޑް މެޑެލް

15 އަހަރުން ދަށުގެ އަންހެން ކުުދިންގެ 100 މީޓަރ ދުވުމުން ޏ.އޭއީސީގެ  އާއިޝަތު ރީމް ވަނީ 3 ވަނަ ބްރޯންޒް މެޑެލް

ޏ.އޭއީސީގެ އެތުލެޓިކްސް ޓީމު

ފުވައްމުމުލަކު ސްކޫލް

15 އަހަރުން ދަށުގެ ފިރިން ކުދިންގެ ބައިން އެފްއެސްގެ އިސްމާއިލް އައިހަމް އަސްލަމް ވަނީ ޖެވެލިން ތުރޯއިން 2 ވަނަ- ސިލްވަރ މެޑެލް

13 އަހަރުން ދަށުގެ އެފްއެސް އަންހެންޓީމުގެ ލަނާ ހުސޭން ސޮލާހު ވަނީ ޝޮޓްޕުޓް އިން 3 ވަނަ އާއެކު ބްރޯންޒް މެޑެލްކިޔުންތެރިންގެ ޚިޔާލު