A wide advertisement which will be shown on all devices. (700 x 100)

ތިންވަނަ ގައުމީ އަންހެނުންގެ ޓީ20 ކްރިކެޓް މުބާރާތް 2019 ފުވައްމުލައް ސިޓީގައި

ޓީ20 އަންހެން ކްރިކެޓް މުބާރާތުގެ ޓީމުތަކަށް ޖާރީ ހަވާކުރުން 2019

ރާއްޖޭގެ 3 ވަނަ ގައުމީ އަންހެނުންގެ ޓީ20 ކްރިކެޓް މުބާރާތް 2019 ފުވައްމުލައް ސިޓީގައި އަންނަ ސެޕްޓެމްބަރު މަހު 1 ން 5 އަށް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މެޗުތައް ކުޅެވޭނީ ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމްގައެވެ.

މިމުބާރާތުގައި 4 ޓީމަކުން ވާދަކުރެއެވެ. އެއީ ފުވައްމުލައް ސިޓީގެ އަންހެން ޓީމަކާއި، ވިލިމާލޭ ޓީމަކާއި މާލޭ ޓީމެއްގެ އިތުރުން ލ.ކުނަހަންދޫގެ ޓީމެކެވެ. މިޓީމުތައް މިއަދު، 30 އޯގަސްޓްގައި ފުވައްމުލައް ސިޓީއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް އިންތިޒާމު ކުރަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.

މިމުބާރާތުގައި ކޮންމެ ޓީމެއްވެސް އަނެއް 3 ޓީމާއި ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އަދި އެންމެ މޮޅުވާ ދެޓީމެއް ފައިނަލުގައި ކުޅޭގޮތަށް ވަނީ ހަމަޖެހިަފއެވެ.

ސެޕްޓެމްބަރު 1 ން ފެށިގެން ކޮންމެ ދުވަހަކު ވެސް 2 މެޗު ކުޅޭ ގޮތަށް ރޭވިފައި ވެއެވެ.

މި އޯގަސްޓް މަހު 25 ވަނަ ދުވަހު މި ޓީމުތަކަށް މުބާރާތުގެ ކިޓް ވަނީ ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި ކްރިކެޓް އެސޯސިއޭޝަނުގެ ސެކެރެޓަރީ ޖެނެރަލް އަލީ ފާއިޒް އާއި ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗް އާސިފް ޚާން ބައިވެރިވެފައި ވެއެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލ.ކުނަހަންދޫގެ އަންހެން ޓީމެވެ.

ކްރިކެޓް ޓީމުތަކުގެ އިސްފަރާތްތަކާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިސްފަރާތްތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !