6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލަކާއި ކުނަހަންދޫ ބައްދަލު ކުރާ މެޗު މިއަދު މެންދުރުފަހު 2 ޖަހާއިރު

ފުވައްމުލަކު ކުރިކެޓު ސްޓޭޑިއަމުގައި މިއަދު ފެށޭ ރާއްޖޭގެ ތިންވަނަ ގައުމީ ކުރިކެޓު މުބާރާތުގެ އަންހެން ބައިގެ ދެވަނަ މެޗުގައި މިއަދު މެންދުރުފަހު 2 ޖަހާއިރު ފުވައްމުލަކު ޓީމާއި ދެކޮޅަށް ލ.ކުނަހަންދޫ ޓީމު ނިކުންނާނެއެވެ. މިދެޓީމަކީ ކުރިކެޓުގައި ވާދަވެރިކަން ބޮޑު ދެޓީމެކެވެ. އެގޮތުން، މިދިޔަ އަހަރު ފުވައްމުލަކު ޓީމު ފައިނަލުގައި ބަލިކޮށް ކުނަހަންދޫ ޓީމު ތަށި ގެންދިޔައިރު ގްރޫޕް ސްޓޭޖްގައި ފުވައްމުލަކު ޓީމު ކުނަހަންދޫ ޓީމު ބަލިކުރިއެވެ. މީގެ އިތުރުން 2017 ވަނައަހަރުގެ ޗެމްޕިއަނުންނަކީ ފުވައްމުލަކު ޓީމެވެ.

ފޯރިގަދަ މިމެޗާއިއެކު ގައުމީ އަންހެން ކުރިކެޓު މުބާރާތް ފެށޭއިރު މިރޭވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. އެމެޗުގައި ބައްދަލު ކުރާނީ މާލޭގެ ކުރިކެޓު ޓީމާއި ވިލިމާލޭ ކުރިކެޓު ޓީމެވެ. މިމުބާރާތް މިއަދު ފެށޭއިރު ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ގައުމީ އަންހެން ކުރިކެޓް ސްކޮޑު އެކުލަވާލުމަށްފަހު އިންޑިއާގެ ޗެންނާއީގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އަދި ގައުމީ އަންހެން ކްރިކެޓް ޓީމު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއާގެ ކްރިކެޓް މުބާރާތުގައި ބައިވެރިވާނެ ކަންވެސް އިއުލާނުކޮށްފައެވެ.

މިއަދުގެ މެޗުގައި ވާދަކުރާ ފުވައްމުލަކު ޓީމުގެ ސްކޮޑު މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފައެވެ. ސްކޮޑު އިއުލާން ކޮށްދެއްވީ ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) އެވެ.

ފުވައްމުލަކު ކްރިކެޓް ޓީމުގައި ހިމެނެނީ

1- މަރިޔަމް ޒޫނާ މުހައްމަދު (ކެޕްޓަން)

2- އައިޝަތު އައިމާ (ވ.ކެޕްޓަން)

3- އައިޝަތު އާތިކާ

4- އައިޝަތު ހަނީފާ

5- އައިޝަތު މީސާ

6- އައިޝަތު ރީމް

6- އަޔާން ސިޔާމް މޫސާ

7- ފާތިމަތު އަނާލް

8- ފާތިމަތު މާއީން

9- ފާތިމަތު މާހާ

10- ހައްވާ ޒުހާ

11- މަރިޔަމް އާލާ

12- މަރިޔަމް މިޝްކާ

13- މަރިޔަމް ސަމާ

14- މަރިޔަމް ސުހާ

15- ޝާރާ އަހުމަދު

16- އުލާ އަލީ ޝުކުރީ

ފުވައްމުލަކު ކްރިކެޓް ޓީމުގެ ކޯޗަކީ ރިޔާޒު ރަޝީދެވެ.

 ކިޔުންތެރިންގެ ޚިޔާލު