29 މާރިޗު 2020 ( އާދީއްތަ )

banner

އިއްޔެ ގެ މެޗުން ބަލިވިޔަސް ކުރިޔަށް ދިއުމުގެ ފުރުސަތު ބޮޑީ ފުވައްމުލައް-ލިޓަސް ޓީމަށް

ބެޑްމިންޓަން: މެޗުން މޮޅުވިނަމަވެސް ފުވައްމުލަކު ޑައިވްސްކޫލް ޓީމަށް އިތުރު ފުރުސަތެއް ނެތް

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2019 ގައި އިއްޔެ އާއި ރޭ ކުޅުން 5 ވަނަ މެޗުން ފުވައްމުލައް ޑައިވް ސްކޫލް ގެ ޓީމު މޮޅުވިނަމަވެސް މުބާރާތުގައި އެޓީމަށް އިތުރަށް  ކުރިޔަށް ދެވޭނެ ފުރުސަތެއް ނެތެވެ.

ފުވައްމުލަކު ޑައިވް ސްކޫލްގެ ޓީމުގެ ފަހު މެޗުން މޮޅުވީ ލިޓަސް ފުވައްމުލައް ގެ ޓީމާއި ވާދަކޮށް 4 ޓައި 3 ޓައި އިންނެވެ. ކޮންމެ މެޗެއްވެސް 7 ޓައިއަށް ކުޅޭއިރު ރޭގެ މެޗުން 5 ޓައި ހޯދުނު ނަމަ އެޓީމަށް އިތުރު ފުރުސަތު އޮތީހެވެ.

ހަވީރު 3 ޓައި އަދި ރޭގނަޑު 4 ޓައި ކުޅޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން (އެފްސީސީ ރިކްރިއޭޝަން) ގެ ޓީމާއި ފުވައްމުލައް ހޮސްޕިޓަލްގެ ޓީީމެވެ. މި މެޗުން މޮޅުވެގެން ނޫނީ ފުވައްމުލައް ހޮސްޕިޓަލްގެ ޓީމަށް ފައިނަލުން ޖާގަ ނުލިބޭނެއެވެ. މެޗުން ބަލިވެއްޖެ ނަމަ ޓައިތަކުގެ ތަފާތުން ލިޓަސް-ފުވައްމުލައް ޓީމާއި ކުިރ ލިބޭނެއެވެ. އެއީ ލިޓަސް-ފުވައްމުލައް ޓީމުގެ 3 މެޗުތައް ރޭ ނިމިފައި ވާއިރު އެމީހުން ވަނީ، ޖުމްލަ 11 ޓައި އިން މޮޅުވެފައެވެ. ފުވައްމުަލއް ހޮސްޕިޓަލް ޓީމު މިރޭގެ މެޗުން ބަލިވާނަމަ އެންމެ ގނައިން ވެސް ލިބޭނީ 3/7 ޓައި ކަމަށްވެ، އެވަރުން އެޓީމަށް މޮޅުވެވޭނީ ޖުމްލަ 10 ޓައި އިން ކަމަށްވުމުންނެވެ.

މުބާރާތުގައި ލިޓަސް-ފުވައްމުލައް ޓީމަށް ފައިނަލުގެ ފުރުސަތު އޮތީީ މިއަދު ކުޅޭމެޗުން ފުވައްމުލައް ހޮސްޕިޓަލް ޓީމ ބަލިވެގެންނެވެ. ލިޓަސް-ފުވައްމުލައް ޓީމަށް ކާމިޔާބުކުރެވިފައި ވަނީ ފުވައްމުލައް ހޮސްޕިޓަލްގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗެވެ. މިއަދުގެ މެޗުން ފުވައްމުލައް ހޮސްޕިޓަލްގެ ޓީމު ބަލިވެއްޖެނަމަ އެމީހުންނަށް (ލިޓަސް ޓީމަށް) ފައިނަލަށް ދިއުމުގެ ފުރުސަތެއް ބޮޑުވަނީ އެޓީމާއި ފުވައްމުލައް ހޮސްޕިޓަލް ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ، މޮޅުވާ ޓައި އާއި ހަމަނުކުރެވޭނެތީއެވެ.

މިމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެފްސީސީ ރިކްރިއޭޝަނަށް ވަނީ ފައިނަލުގެ ޖާގަ ކަށަވަރު ވެފައެވެ. އެއީ ކުޅުނު ދެމެޗުން މޮޅުވެފައިވާ ޓީމަކީ ހަމައެކަނި އެޓީމު ކަމަށް ވެފައި އެހެން ޓީމުތައް މިހާތަނަށް މޮޅުވެފައި ވަނީ ކޮންމެ ޓީމެއް ވެސް އެއް މެޗުން ކަމަށްވާތީއެވެ.

ބެޑްމިންޓަން މުބާރާތް 2019: މިހާތަނަށް ޕޮއިންޓް ޓޭބަލް

ހަތަރު ޓީމު ވާދަކުރާ މިމުބާރާތުގެ ކުޅެނީ މުޅިންވެސް ޑަބަލްސް މެޗުތަކެވެ. އެގޮތުން ފިރިހެން ޑަބަލްސް 3 ޓައި، އަންހެން ޑަބްލްސް 2 ޓައި އަދި މިކްސްޑް ޑަބަސްލް 2 ޓައިއެވެ. ގްރޫޕް ސްޓޭޖްގެ ކޮންމެ ޓައިއެއް ކުޅެނީ 15 ޕޮއިންޓަށެވެ.

އެމްއެންޑީއެފް-ފުވައްމުލައް އިންޑޯރ ބެޑްމިންޓަން ކޯޓުގައި ކުޅޭ މިމުބާރާތުގައި ފައިނަލުގައި ކުޅޭނީ، 17 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ. އެމެޗުގައި ޓައިއެއް ކުޅޭނީ 21 ޕޮއިންޓަށެވެ.

ފުވައްމުލަކު ޑައިވް ސްކޫލް ޓީމުގެ މިކްސްޑަބަލްސް ޕެއަރ އެއް، ރޭގެ މެޗުގައި، ފޮޓޯ ފވމ ސިޓީ ކައުންސިލްކިޔުންތެރިންގެ ޚިޔާލު