A wide advertisement which will be shown on all devices. (700 x 100)

ޔޫތު ފުޓްސަލް 2019: ގްރޫޕް 3 އަދި 4 ގެ ފަހު މެޗުގެ ފޯރިގަދަވާނެ

މެޗު 8: ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި މިސްކިތްމަގު އގ. ޖޫނިއަރ ޓީމު 2-2

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުން އިންތިޒާމުކޮށްގެން މިހާރު ކުރިޔަށްގެންދާ ފުވައްމުލައް ޔޫތު ފުޓްސަލް މުބާރާތުގެ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ގްރޫޕް 3 އަދި 4 ގެ ފަހު މެޗުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެއީ މި ދެ ގްރޫޕްގެ ވެސް ފަހު މެޗުގެ ނަތީޖާއިން ނޫނީ ކުއާޓަރ ފައިނަލަށް ދާނެ ޓީމެއް ނޭގޭތީއެވެ.

ގްރޫޕް 1 ގެ މެޗުތައް ނިމުނު އިއްޔެ އިރު، ދަޑިމަގު ބީޓީ އާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް (ޒީ-ކޮލެޖް) ވަނީ ކްއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މިގްރޫޕުން ކެޓީ މެޗަކުން މޮޅު ނުވެ ބައިކޮޅަށް 11 ގޯލު ވަން ދޫނޑިގަލޯނާ ޔޫތު ޓީމެވެ.

އިއްޔެ ކުޅެވުނު މިގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރީ ޒީ-ކޮލެޖް ޓީމާއި ދަޑިމަގު ބީޓީ އެވެ. މިމެޗު 6-0ން ކާމިޔާބުކުރީ ދަޑިމަގު ބީޓީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަޑިމަގު ބީޓީގެ ޖާރޒީ ނަމްބަރު 10 އިބްރާހިމް އަޖުފާން އެވެ.

މެޗު 7: އެފްސީ ދަޑިމަގު 7-0 އެފްސީ ދޫނޑިގަލޯނާ

ގްރޫޕް 2 ން މިސްކިތްމަގު އގ. ޓީމަށް ސެމީގެ ޖާގައެއް ލިބިފައިވާއިރު މިގްރޫޕުން ދެން ކްއާޓަރ ފައިންލުގެ ޖާގަ ލިބޭނީ ފަހުމެޗުން މޮޅުވާ ޓީމަކަށްވެ. މިއަދު ކުޅޭ ފަހުމެޗުގައި ހޯދަޑު ހަވިއްތަ ފުޓްސަލް ޓީމާއި ދޫނޑިގަލޯނާ ޖޫނިއަރސް ގެ މެޗު އެއްވެރު ވިޔަސް ކްއާޓަރ ފައިނަލުގެ ޖާގަ ލިބޭނީ ހަވިއްތަ ފުޓްސަލް ޓީމަށެވެ. ފަހު މެޗުން ބަލިވާ ޓީމެއް ކަޓާނެއެވެ.

އިއްޔެ ހަވީރު 3:30 ގައި އެފްސީ ދަޑިމަގު އާއި އެފްސީ ދޫނޑިގަލޯނާ އާއި ބައްދަލުކުރި މެޗު ނިމުނީ 7-0 އެފްސީ ދަޑިމަގު މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ދަޑިމަގު ޓީމުގެ ޖާރޒީ ނަމްބަރު 5 އަލީ ޝަމާލް އަބްދުﷲ އެވެ. މިއީ ގްރޫޕް 3 ގެ މެޗެކެވެ.

ޔޫތު ފުޓްސަލް މުބާރާތް؛ ގްރޫޕް 4. ކޮންމެ ޓީމަކަށް ވެސް ފުރުސަތު އެބައޮތް

ގްރޫޕް 3 ގެ ތިން ޓީމަށް ވެސް ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެންމެ ފުރުސަތު ހަނީ އެފްސީ ދޫނޑިގަލޯނާ ޓީމަށެވެ. އެއީ އެޓީމުގެ މެޗުތައް ނިމިފައި ކުޅިބަލަން ތިބެން ޖެހޭތީ އާއި ބައިކޮޅަށްގިނަ ގޯލުތަކެއް ވަދެފައިވާތީއެވެ. ގްރޫޕުގެ ފަހުމެޗުގައި އެފްސީ ދަޑިމަގު އާއި އެފްސީ ދަންޑަހެލު ބައްދަލުކުރާ މެޗުން މޮޅުވެގެން ނޫނީ އެފްސީ ދަންޑަހެލު ޓީމަށް ފުރުސަތެއް ނެތެވެ. އެފްސީ ދަޑިމަގު ކަޓަން އޮތް ހަމައެކަނި ގޮތަކީ ބައިކޮޅަށް 13 ގޯލަށް ބުރެ ބޮޑު ތަފާތުން މެޗުން ބަލިވެގެންނެވެ. މިއީ ނާދިރު ކަމަކަށް ވާއިރު ގްރޫޕުން ކަޓާނީ އަނެއް ދެޓީމުން ކުރެ ޓީމެކެވެ.

އެފްސީ ދޫނޑިގަލޯނާ ޓީމު: މި މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑު

އިއްޔެ ހަވީރު 4:20 ގައި ކުޅެވުނު ގްރޫޕް 4 ގެ މެޗުގައި ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި މިސްކިތްމަގު އެންމެގެ ގުޅުން ޖޫނިއަރ ޓީމު ބައްދަލުކުރި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިގުރޫޕުގައި ކުރިންް ކުޅުނު މެޗު ވެސް ވަނީ 2-2 ން އެއްވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު އެންމެގެ ގުޅުން ޖޫނިއަރ ޓީމުގެ ޖާރޒީ ނަމްބަރު 11 ހުސެއިން ސުއޫދު އަލީ އެވެ.

މިގްރޫޕްގެ ފޯރި ވަނީ ގަދަވެފައެވެ. އެއީ 3 ޓީމަށް ވެސް ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުންވެ. ޕޮލިސް ޓީމުން މެޗުތައް ނިންމާލާފައި ކުޅިބަލަން ތިބޭ އިރު އެޓީމަށް ލިބިފައިވަނީ ދެމެޗުން 2 ޕޮއިންޓެވެ.

މިގްރޫޕްގެ ފަހުމެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ޖޫނިއަރ ޓީމާއި އެފްސީ ދަޑިމަގު ޖޫނިއަރ ޓީމުގެ މެޗު އެއްވަރުވެއްޖެ ނަމަ ހުރިހާ ޓީމަކަށް ވެސް 2 ޕޮއިންޓް ލިބި އެއްވަރު ވާނެއެވެ. އޭރުން ނަތީޖާ ނެރުމަށް ގުރަކާއި ހަމަޔަށް ވެސް ދާން ޖެހިދާނެއެވެ. މޮޅުވާ ޓީމަކަށް ކްއާޓަރ ފައިނަލުން ޖާގަ ލިބޭއިރު ބަލިވާ ޓީީމެއް ކަޓާނެއެވެ. ޓީމެއް ބަލިވެއްޖެ ނަމަ ދެވަނަ ޖާގަ ލިބޭނީ ޕޮލިސް ޓީމަށެވެ. 2-2 ން އެއްވަރުވެއްޖެ ނަމަ ކްއާޓަރ ފައިނަލަށް ޓީމު ހޮވަން ޖެހޭނީ 3 ޓީމުގެ މެދުގައި ގުރު ލައިގެންނެވެ. 1-1 ނުވަތަ 0-0 ން އެއްވަރުވެއްޖެ ނަމަ ގުރު ލާނީ ކުޅޭ ދެޓީމުގެ ދެމެދުގައެވެ. އޭރުން ވެސް ޕޮލިސް ޓީމަށް ކްއާޓަރ ފައިނަލުގެ ޖާގަ ލިބޭނެއެވެ. ޕޮލިސް ޓީމު ކަޓާނީ 3-3 ނުވަތ އެއަށްވުރެ ގިނަ ގޯލު ޖަހައިގެން އެއްވަރު ވެއްޖެނަމަ އެވެ.

މެޗު 9: ދަޑިމަގު ޖޫނިއަރ 6-0 ޒީކޮލެޖް ޓީމުމިއަދު ކުޅޭނީ ގްރޫޕް 2، 3 އަދި 4 ގެ ފަހު މެޗެވެ. ފުރަމަ މެޗުގައި ވާދަކުރާނީ ހަވިއްތަ ފުޓް ސަލް ޓީމާއި ދޫނޑިގަލޯނާ ޖޫނިއަރ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 3 ގެ އެފްސީ ދަންޑަހެލު ޓީމާއި އެފްސީ ދަޑިމަގު ޓީމެވެ. ގްރޫޕް 4ގެ ފަހު މެޗުގައި އެފްސީ ދަޑިމަގު ޖޫނިއަރ ޓީމާއި ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން ޖޫނިއަރ ޓީމެވެ.

އެފްސީ ދަޑިމަގު ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !