31 މެއި 2020 ( އާދީއްތަ )

banner

ބެޑްމިންޓަން އިން އައިޝާއަށް 3 ތަށި، 2019 ނޮވެމްބަރ

އަތޮޅު ލީގު ބެޑްމިންޓަންގެ 3 ކެޓަގަރީއަކުން ޗެމްޕިއަންކަން އައިޝާއަށް

ބާރަވަނަ އަތޮޅު ބެޑްމިންޓަން ލީގުގެ ތިން ކެޓަގަރީ އަކުން ޗެމްޕިއަންކަން ފުވައްމުލައް ސިޓީ ދަޑިމަގު ހިތައްފިނިވާގޭ އާއިޝަތު އިބްރަހިމް (އައިޝާ) ހޯދައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގައި މި ނޮވެމްބަރު މަހު 20 ން 209 އަށް ކުރިޔަށް ދިޔަ މިމުބާރާތުގައި އައޝީ ބައިވެރިވެފައި ވަނީ އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސްގައެވެ. އައިޝާ ވަނީ މި 3 ކެޓަގަރީން ވެސް ޗެމްޕިއަންކަން ހޯދާފައެވެ.

12 ވަނަ އަތޮޅު ބެޑްމިންޓަން ލީގު މުބާރާތުގެ މިކްސްޑް ޑަބަލްސް ޗެމްޕއިން އައިޝާއާއި ނާތު އަލީ

އައިޝާއާއެކު އަންހެން ޑަބަލްސްގައި ކުޅުނީ އާމިނަތު ސަނާއެވެ. އަދި މިކްސްޑް ޑަބަލްސްގައި ކުޅުނީ ނާތު އަލީ އެވެ. ނާތު އަލީ ވަނީ ފިރިހެން ޑަބަލްސް އިން ޗެމްޕއިންކަން ހޯދާފައެވެ.

12 ވަނަ އަތޮޅު ބެޑްމިންޓަން ލީގު ގެ އަންހެން ޑަބަލްސް ޗެމްޕިއަން އައިޝާއާއި ސަނާކިޔުންތެރިންގެ ޚިޔާލު