A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު 4 ކުޅުންތެރިން ހިމެނޭ ރާއްޖޭގެ ފުރަތަމަ ގައުމީ އަންހެން ކުރިކެޓު ޓީމު މިއަދު ކުޅޭނެ

fuvahmulah cricket

މިއަދަކީ ދިވެހި ގައުމީ އަންހެން ކުރިކެޓު ޓީމު ވާދަވެރި މެޗަކަށް ނިކުންނަ ފުރަތަމަ ދުވަހެވެ. މިއަދު ރާއްޖޭގެ އަންހެން ކުރިކެޓު ޓީމު ނިކުންނާނީ ނޭޕާލުގައި ކުރިއަށްދާ 13 ވަނަ ސާފު ގޭސްގައި ނޭޕާލުގެ ޓީމާއި ދެކޮޅަށެވެ. މިތާރީޚީ މުބާރާތައް އެކުލަވާލި ރާއްޖޭގެ ގައުމީ އަންހެން ކުރިކެޓް ސްކޮޑުގައި ފުވައްމުލަކުގެ އުއްމީދީ 4 އަންހެން ކުރިކެޓު ކުޅުންތެރިން ހިމެނެއެވެ. ފުވައްމުލަކު ކުރިކެޓުގެ ޓީމުގެ ކެޕްޓަން ޒޫނާގެ އިތުރުން ހިމެނެނީ ގައުމީ އަންހެން ކުރިކެޓް ޓީމުގައި ހިމެނޭ ފުވައްމުލަކު ކުޅުންތެރިންނަކީ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިޔާ އައިޝަތު އައިމާ އާއި މާހާ އާއި އަނޫއެވެ.

ރާއްޖޭގެ ޓީމު ވާދަކުރާ ދެވަނަ މެޗު އޮންނާނީ ޑިސެމްބަރު 4 ވަނަ ދުވަހު ސްރީލަންކާ އާއި ދެކޮޅަށެވެ. ރާއްޖެ ކުޅޭ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބަންގާޅާއި ދެކޮޅަށް ރާއްޖެ ނިކުންނަން ޖެހެނީ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !