A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ގައުމީ އަންހެން ކުރިކެޓު ޓީމު ކުޅުނު ފުރަތަމަ ވާދަވެރި މެޗުން ބަލިވެއްޖެ

fuvahmulah cricket

ރާއްޖޭގެ ގައުމީ އަންހެން ކުރިކެޓު ޓީމެއް އެކުލަވާލުމަށްފަހު އެޓީމު ބައިވެރި ފުރަތަމަ ވާދަވެރި މުބާރާތްކަމަށްވާ ސާފު ގޭމްސްގެ އޯޕަނިން މެޗުގައި ސާފު ގޭމްސް ބޭއްވޭ ނޭޕާލާއި ވާދަކޮށް ބަލިވެއްޖެއެވެ. ނޭޕާލުގެ ސަޕޯޓަރުންގެ ކުރިމަތީގައި ތަޖުރިބާ މަދު ޒުވާން ދިވެހި ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކި މިމެޗު ނިމިގެން ދިޔައީ 10 ވިކެޓުން ނޭޕާލުގެ ޓީމު ކުރި ހޯދައިގެނެވެ.

ކުރިކެޓުގައިވެސް ނަން މަޝްހޫރު ސައުތު އޭޝިއާގެ ކުރިކެޓު މުބާރާތުގައި އަލަށް ވާދަވެރި މެޗަކަށް ނިކުތް ދިވެހި ޓީމުން ޓޮސް ދިމާކޮށްގެން ބެޓުކުރުމަށް ނިކުތެވެ. ބެޓުކުރުމަށް ނިކުމެ 10 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ދިވެހި ޓީމަށް ހަމަކުރެވުނީ އެންމެ 16 ލަޑެވެ. ދިވެހި ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 9 ލަޑާއި 4 ލަޑު ހެދި ހަމްޒާ އާއި ހަފުސާއެވެ.

ޖަވާބުގައި ކުޅެން ނިކުމެ ނޭޕާލު ޓީމުން ފުރަތަމަ އޯވަރުތެރޭ ދިވެހި ޓީމަށްވުރެ އިތުރަށް ލަޑު ހަމަކޮށް މެޗު ނިންމާލިއެވެ. ނޭޕާލު ޓީމުން ކުޅެން ނިކުތް ކަޖާލް ޝްރެސްޓާ އެންމެ 5 ބޯޅައިން ދިވެހި ޓީމު ބަލިކުރިއެވެ. ޖަކާލް އާއިއެކު ނިކުތް ސީޓާ މަގަރު އެއްވެސް ބޯޅައަކާއި ކުރިމަތިލާކަށް ނުޖެހުނެވެ.

އަލަށް ވާދަވެރި މުބާރާތެއްގައި ބައިވެރިވެފައިވާ ދިވެހި ޓީމު މާދަމާ ނިކުންނާނީ ވަރުގަދަ ސްރީލަންކާ އާއި ދެކޮޅަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !