A wide advertisement which will be shown on all devices. (700 x 100)

ސަދަރން ލިންކް އާއި ފެނަކަ ޓީމަށް މޮޅެއް

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019

މިހާރު ކުރިޔަށްދާ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގެ ދެވަނަ ދުވަހުގެ ދެ މެޗުން ސަދަރން ލިންކް ފުވައްމުލައް އާއި ފެނަކަ ރިކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ. މިއީ މިދެޓީމުވެސ ްމުބާރާތުގައި ކުޅުނު ފުރަތމަ މެޗެވެ.

މުބާރާތުގެ 3ވަނަ މެޗުގައި ވާދަކުރީ ގްރޫޕް 1 ގެ އެފްސީސީ ރިކްރިއޭޝަން ކްލަބް އާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ. މިމެޗު 2-0 ން ކާމިޔާބުކުރީ ފެނަކަ ރިކްރިއޭޝަން ކްލަބެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޖާޒީ ނަމަބަރު 11 އަހުމަދު އިނާނު އެވެ.

3 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އިނާނު އަހުމަދު ފެނަކަ

މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް 2 ގެ ދެ ޓީމު ކަމަށްވާ އެމްއެންޑީއެފް ފުވައްމުލައް އާއި ސަދަރން ލިންކް ފުވައްމުލައް ޓީމެވެ. މިމެޗު 4-2 ން ކާމިޔާބުކުރީ ސަދަރން ލިންކް ފުވައްމުލައް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސަދަރން ލިންކްގެ ޖާޒީ ނަމްބަރު 4 އަހުމަދު މުއާޒު އެވެ.

4 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު މުއާޒު ސަދާން ލިންކް

މިމުބާރާތުގައި މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލިކޯން އާއި އެމްއެންޑީއެފް ފުވައްމުލައް އެވެ. ދެވަނަ މެޗްގައި ވާދަކުުރާނީ ކްލަބް ވެމްކޯ އާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ.

ހަވީރުގެ ފުރަތަމަ މެޗު ފަށާނީ 4:00 ގައެވެ އަދި ދެވަނަ މެޗު ފަށާނީ 4:45 ގައެވެ.

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019: ސަދަރން ލިންކް ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !