10 އޭޕްރީލް 2020 ( ހުކުރު )

banner

ފުވައްމުލަކު ސްކޫލްގެ 12 ވަނަ ސްޕޯރޓްސް މީޓް 2020

ފުވައްމުލަކު ސްކޫލްގެ އިންޓަރ ހައުސް ސްޕޯރޓްސް މީޓު ކުރިޔަށް ދަނީ

ފުވައްމުލަކު ސްކޫލްގެ 12 ވަނަ އިންޓަރ ހައުސް ސްޕޯރޓްސް މީޓް ފުވައްމުލަކު ސްޓޭޑިއަމްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. އިއްޔެ ފެށުނު މި ކުޅިވަރު އިވެންޓްގައި އެސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއެވެ.

ސްޕޯރޓްސް މީޓް ފެށުމުގެ ގޮތުން ޕްރިސްކޫލް ދަރިވަރުންގެ އައިޓަމް ތަކެއް ގެނެސްދީފައި ވެއެވެ. އަދިއެއިގެ ފަހުން ސްޕޯރޓްސް މީޓްގެ އިވެންޓްތައް ވަނީ ކުރިޔަށް ގެންދަން ފަށާފައެވެ.

މިއަދުވެސް މިއިވެންޓްގެ އައިޓަމްތައް ކުރިޔަށް އެބަގެންދެއެވެ. ފީލްޑް އިވެންޓާއި ޓްރެކް އިވެންޓް ހިމެނޭ މި ފެސްޓިވަލްގައި އެސްކޫލަށް ދާއިރާގެ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބެއެވެ.

ފުވައްމުލަކު ސްކޫލްގެ 12 ވަނަ ސްޕޯރޓްސް މީޓް 2020 ފެށުން

ސްޕޯރޓްސް މީޓްގެ އިވެންޓްތަކުގެ ތެރޭގައި ދިގު ދުވުމާއި ކުރު ދުވުން، ހާރޑްލްސް، ޝޮޓްޕުޓް ތްރޯ، ހައިޖަމްޕް ހިމެނެއެވެ.

މި ފެސްޓިވަލްގައި ދަރިވަރުން ވާދަކުރަނީ އެސްކޫލްގެ 3 ހައުސްގެ މެދުގައި އެކި އުމުރުފުރާ ތަކުގައެވެ. އެސްކޫލުގެ ހައުސް ތަކަކީ އިއްޒުއްދީން ހައުސް (ރެޑް) އާއި ޝަމްސުއްދީން ހައުސް(ގްރީން) އާއި ނޫރުއްދީން ހައުސް (ބްލޫ) އެވެ.

ފުވައްމުލަކު ސްކޫލްގެ 12 ވަނަ ސްޕޯރޓްސް މީޓް 2020



ކިޔުންތެރިންގެ ޚިޔާލު