ފުވައްމުލަކު ދަޑިމަގު އަވަށުގައި ހުންނަ ހޯމްލައިން އިން ކުލަ ވަގުތުން ތައްޔާރުކޮށްދޭން ފަށައިފިއެވެ.
ހޯމްލައިން ފިހާރައިން ބުނިގޮތުގައި ރާއްޖޭގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ “ސީމާސްޓަރ” ބްރޭންޑްގެ ބޭނުން ކުލަ އެއް މިހާރު އެފިހާރައިން ތައްޔާރުކޮށް ދޭނެކަމަށެވެ.
“މިފިހާރައިން އަލަށް ދޭން ފެށި މިހިދުމަތުން ކަސްޓަމަރުން ބޭނުންވާ ކޮންމެ ކުލައެއް އަދި ކޮންމެ ޑިޒައިނަކާއި ގުޅޭގޮތަށް ކުލަ ތައްޔާރުމަށް ބޭނުންވާ ފަރާތްތަކަށް ވަގުތުން ކުލަ ތައްޔާރުކޮށްދެވޭނެ” ހޯމްލައިން ފިހާރައިން ބުންޏެވެ.
ހޯމްލައިން ފިހާރައަކީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރެއިންބޯގެ އޮތަރައިޒްޑް ޑީލަރ އެކެވެ. އަދި ހޯމްލައިން ފިހާރައަކީ ގެދޮރު އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރ އަދި ޓިނުގެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ކުރުމުންދާ ފަރާތެކެވެ.
ފުވައްމުލަކުގައި ހޯމްލައިން ފިހާރަ ހުޅުވާފައިވަނީ 2005 ވަނަ އަހަރުއެވެ.
ހޯމްލައިން އިން ކުލަ ވަގުތުން ތައްޔާރުކޮށްދޭން ފަށައިފި

07/09/2014 - 14:00
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް