އަންނަ އަހަރުގެ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި،ފުވައްމުލަކު ސިޓީގެ، ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނޑިމަގު، ފިޔަރެސް ހަސަން އަތީޤް ނިކުންނަވަން ނިންމައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހަސަން އަތީޤް ހާމަކުރެއްވި ގޮތުގައި ، ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ މައިގަނޑު މަޤސަދަކީ ސާބިތުކަމާއި އެކު ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ކަމަށެވެ. އަދި މިކަމަށް މިވަގުތު ރާޢްޖޭގައި އޮތް އެންމެ ޤާބިލް ޕްލެޓް ފޯރމަކީ ޖުމްހޫރީ ޕާޓީކަމަށްވެސް ހަސަން އަތީޤް ވިދާޅުވިއެެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމްގެ، އަދި އެމްޑީޕީއިން ވެސް ކެނޑިޑޭޓުން، ފުވައްމުލަކު އުތުރު ދައިރާގެ ސިޓީ ކައުންސިލްގެ ގޮނޑިއަށް ވާދަކުރުމަށް މިހާތަނަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.



ޚިޔާލުތައް