ސިތާނާ ސްޓޯރ ޓޮޕް އެޗީވާރސް އެވޯޑް 2015 އިއްޔެ ބާއްވައިފިއެވެ. ހާފިޒް އަހުމަދު ސްކޫލް ހޯލުގައި ބޭއްވި މި ހަފްލާގައި ފުވައްމުލަކު ޕްރައިމަރީ އަދި ސެކަންޑަރި ސްކޫލްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 40 ދަރިވަރަކަށް ސިތާނާ ސްޓޯރ ޓޮޕް އެޗީވާރސް އެވޯޑާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމުގެ އިތުރުން ސިތާނާ ސްޓޯރ ފްރެންޑްސް ކާރޑް ވަނީ ހަވާލުކޮށްފައިއެވެ.
ސިތާނާ ސްޓޯރުން މަޢުލޫމާތު ދެއްވި ގޮތުގައި ދަރިންވަރުންނަށް ހަވާލުކުރެވުނު ސިތާނާ ސްޓޯރ ފްރެންޑްސް ބޭނުން ކޮށްގެން ސިތާނާ ސްޓޯރ އަދި އަސްރަފީ ސިތާނާ ބުކްޝޮޕްއިން %20 އާއި ހަމައަށް ޑިސްކައުންޓް ލީބޭނޭއެވެ. އަދި މިކާރޑް އެކުދިން ގްރޭޑް 12 ކިޔެވުން ނިމެންދެން ބޭނުން ކުރެވޭނެކަމަށްވެސް ސިތާނާ ސްޓޯރއިން މަޢުލޫމާތު ދެއްވައެވެ.
މިހަފްލާގައި ފުވަމުލަކު ޕްރައިމަރީ އަދި ސެކަންޑަރީ ހުރިހާ ސްކޫލަތަކާއި ސިތާނާ ސްޓޯރއާއި މެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި. މި އެމްއޯޔޫ އަކީ 2017 ވަނަ އަހަރު ފުވައްމުލަކު ސްކޫލްތަކަށް ސިތާނާ ސްޓޯރއިން ދިނުމަށް ހަމަޖެހިފައިވާ އެކިއެކި އެހީތަކާއި ގުޅޭގޮތުން ސޮއިކުރެވުނު އެމްއޯޔޫ އެކެވެ.
މީގެ އިތުރުން މިހަފްލާގައި ސިތާނާ ސްޓޯރުން އަލަށް ފައްޓާ ސްކޮލަޝިޕް އެވޯޑްވެސް ވަނީ ތައާރަފްކޮށްފައިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިން ޓީޗަރ މުޙައްމަދު ފަޔާޒް ދެއްކެވި ވާހާކަފުޅުގައި ރަށުގެ ތަރައްޤީއަށް، ޙައްސަކޮށް ތަޢުލީމީ ދާއިރާ ފުޅާކުރުމަށް އެންމެން، އަދާކުރަން ޖެހޭ ދައުރުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައި. އަދި ސިތާނާ ސްޓޯރުން ރަށުގެ ތަޢުލީމު ކުރިއެރުވުމަށް ކުރަމުންއަންނަ މަސައްކަތް އެހެން ވިޔަފާރި ވެރިން މިސާލެގެ ގޮތުގައި ބަލައިގެން ކުރިއަށް ދިޔުމަށް ވަނީ ގޮވާލައްވާފައެވެ.
ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑަކީ 2012 ވަނަ އަހަރުން ފެށިގެން ސިތާނާ ސްޓޯރއިން ދެމުން އަންނަ އެވޯޑެކެވެ.



ޚިޔާލުތައް