ކަރަންޓް މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު ދަޑިމަގުގެ ބަޔަކާއި ހޯދަޑު އަވަށުގެ ބަޔަކުން އެއްގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
މާދަމާ، 28 މެއި 2020 ވާ ބުރާސްފަތި ދުވަހު ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 އިން 9:30 އަށެވެ. މިވަގުތުގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް އަލަށް އިތުރުކުރެވޭ 2 ޑިސްޓްރިބިއުޝަން ފޮށި އިންސްޓޯލް ކުރުމުގެ މަސައްކަތަށް ކަމަށާއި މި މަސައްކަތް ކުރެވެނީ ކަރަންޓް ކަނޑާލައިގެން ކަމަށްވާތީ ކަމަށް ފެނަކަ-ފުވައްމުލައް އިން ނެރުނު ނޯޓިސް ގައި ވެއެވެ.
އެގޮތުން މާދަމާ ކަންރަންޓްގެ ޚިދުމަތް މެދުކެނޑިގެންދާނީ ދަޑިމަގު އަވަށުގެ މަނާމްއާއި މުނިޔާ އާއި ސެންކްޓަމް އާއި ގެއްމިސްކިތާއި އެސަރަހައްދުގެ ދަނޑުބިންތަކާއި ޕެބްލްސް ރެސްޓޯރެންޓްގެ އިތުރުން ހޯދަޑު އަވަށުގެ ލޯޔަލް އިން ފެށިގެން ދަޑިމަގާއި ވީފަޅީގައި ހިމެނޭ ދަޑުބިން ހިމެނޭ ސަރަހައްދުންނެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.

ފެނަކައިގެ ނޯޓިސް 27 މެއި 2020
ޚިޔާލުތައް