A wide advertisement which will be shown on all devices. (700 x 100)

ވޯޓްލުމަށް ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދީފިއެވެ. އިލެކްޝަންސް އިން މިމުއްދަތު އިތުރުކޮށްދީފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރުނު ވަގުތީ އަމުރާއި ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. 

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ކުރިން ކަނޑައަޅާފައިވާ 21 ނޮވެމްބަރ 2016 ވަނަ ދުވަހަށް ފަހުވެސް މެދުކެނޑުމެއް ނެތި ރީ-ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއަށް ދާނެ ކަމަށާއި ރީ-ރަޖިސްޓަރީ ކުރުން ނިންމާލާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ފަހުން އިޢުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް އިތުރު ވަގުތު ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު ޕީޕީއެމް ވަނީ ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް އިތުރު ވަގުތު ދިނުމުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި،ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށައަޅާފައެވެ. އިއްޔެ ޕީޕީއެމް އިން ހުށަހެޅި މިމައްސަލާގައިވަނީ، އެޕާޓީގެ ޑޭޓާ ބޭސް ނެތުމާއި، ޕާޓީގެ އާއްމު މެންބަރުންގެ ދަފުތަރު ވެސް ނެތުމާއި އަދި މުހިއްމު އެހެނިގެން ލިޔުންތަށް ނެތުމުން، މިހާރު ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބާއްވައިފިނަމަ، ޕާޓީއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވެދާނެ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !