އަލްމުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދީ ޕޮލިސް ކުލަބާއި ވާދަކޮށް 3-1 އިންނެވެ.
މި މެޗްގެ ފުރަތަމަ 2 ސެޓް ގެންދިޔައީ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ، ފުރަތަމަ ސެޓް 25-20އިން، އަދި ދެވަނަ ސެޓް 25،22 އިން މިސްކިތްމަގު ކަމިޔާބު ކުރިއިރު 3 ވަނަ ސެޓް 25،23އިން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ.
ފަހު ސެޓް 19-25އިން ކަމިޔާބުކޮށް ގައުމީ ވޮލީ މުބާރާތް އެންމެ ގިނަ ފަހަރު ކަމިޔާބު ކުރި ޕޮލިސް ކުލަބް ބަލިކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ވަނީ މިމުބާރުތު ޗެމްޕިއަންކަން ހޯދާފައެވެ.
މިސްކިތްމަގު ޓީމު ވަނީ ނިމިދިޔަ ގައުމީ ވޮލީ ލީގުގައި ބައިވެރިވެ، ލީގުގެ ދެވަނަ ވެސް ވަނީ ހޯދާފައެވެ. މިއީ ފުވައްމުލަކުގެ ޓީމެއް ވޮލީގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
+1
+1
ޚިޔާލުތައް