A wide advertisement which will be shown on all devices. (700 x 100)

ކޮރަޕްޝަނާއި މެދު ފުވައްމުލަކު ރައްޔިތުން ދެކޭ ގޮތް އާންމުކޮށްފި

ސާވޭ ރިޕޯޓް ނެރެދެއްވަނީ، ފޮޓޯ:އޭސީސީ

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަނުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ދިރާސާ، “ކޮރަޕްޝަނާމެދު ދެކޭގޮތް، ޏ.ފުވައްމުލައް – 2016”މިއަދު އާންމު ކޮށްފިއެވެ. މިރިޕޯޓު ނެރެދެއްވީ، މިކަމަށް ޚާއްސަކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓްރޭނިންގ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. މިދިރާސާ ރިޕޯޓު އާއްމުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރިޔާ އަޅާބަލާއިރު މިހާރު ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެފަދަ ކުށްތައް ކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ތަފާތު ވަޞީލަތްތައް ބޭނުންކުރާ ނިސްބަތް ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައިކަމާއި، ކޮމިޝަނުން ހިންގާ ތަޙްޤީޤުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމުގައިވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކުރާ ވަރު އިތުރުކުރަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ރިޕޯޓުގައި ވާ ގޮތުން ކޮރަޕްޝަން ނައްތާލުމަށް ދީނީ އަގީދާ ވަރުގަދަކުރަން ޖެހޭ ކަމަށް ދިރާސާގައި ބައިވެރިވި 59 ޕަސެންޓް މީހުން ދެކޭ ކަމަށެވެ. ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދޭން ޖެހޭ ކަމަށް 18 ޕަސެންޓް މީހުން ބުނެފައިވާއިރު، 17 ޕަސެންޓް މީހުން ބުނެފައި ވަނީ ނަޒާހަތްތެރިކަން ކުރިއަރުވަން ޖެހޭ ކަމަށެވެ. 

މިދިރާސާގައި ބައިވެރިވެފައިވާ ފިރިހެނުންނަށްވުރެ އަންހެނުންގެ ޢަދަދު އިތުރުކަން  އޭސީސީ އިން ފާހަގަ ކުރެއެވެ. އަދި، ބައިވެރިންގެ ތެރެއިން ގިނަ ބަޔަކަށް ކޮރަޕްޝަނާއި ނަޒާހްތެރިކަމަކީ ކޮބައިކަން އެނގޭކަން ވެސް ވަނީ އޭސީސީ އިން ފާހަގަ ކޮށްފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !