ރަޝިއާ ސަަފީރު މަރާލީމަ ދެރައެއް ނުވިކަމަށް ޝޭޚު ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ. ޝޭޚު ވިދާޅުވީ ރަޝީއާގެ ސަފީރު މަރާލުމުން ދެރައެއް ނުވި ކަމަށާއިމ ވީ އުފާ ކަމަށެވެ.
“ޙަލަބް ގެ މުސްލިމުންގެ ޝުއޫރު އިޙުސާސް ކުރެވޭ މީހެއްގެ ހައިސިއްޔަތުން އެގޮތަށް އިހުސާސް ވުމަކީ ތަބީޢީކަމެއް” ޝޭހް ޝަފީއު ވިދާޅުވިއެވެ.
އިތުރަށް ޝޭޚު ވިދާޅުވީ، އެހެންނަމަވެސް އެކަމަށް ސަޕޯޓް ކޮށްފައި (ރަޝިއާ ސަފީރު މަރާލަން ) ވާހަކަ ދެއްކެންވެސް ނެތް ކަމަށާއި ޝަރުޢީ ގޮތުން ސަފީރުންނަކީ ހިމާޔަތް ދީފައިވާ ބައެއްކަމަށާއި ސަފީރުންގެ ލޭ ހުރުމަތް ވެގެންވާކަމަށެވެ.
“އެކަމަކު ދަންނަން ޖެހޭ އަނެއް ނުކުތާއަކީ ޙަލަބުގައި މަރުވެ ދިޔަ ކޮންމެ މުސްލިމެއްގެ ލޭ އެ ސަފީރަށް ވުރެ ބޮޑަށް ހުރުމަށް ވެގެންވާ ވާކަން،! އެހެންވީމާ އަހަރެމެން މުސްލިމުން ވެސް ވެގެން މިއުޅެނީ ބޮޑު ސިންގާ މުސިބާތެއް ފަދަ ކަމަކަށް ހަނދާނެ ކަމެއް ނެތް! އެކަމަށް ތާއީދު ނުކުރީމަ ނިމުނީއެވެ” ޝޭޚު ވިދާޅުވިއެވެ،



ޚިޔާލުތައް