ހޯދަދު ފުޓްސަލް ކޯޓުގައި ހަވިއްތަ ފުޓްސަލް ޗެލެންޖުގެ ކުޅުން ރޭފަށައިފިއެވެ. ރޭގެ ފުރަތަމަ މެޗުން ހޯދަޑް ސްޕޯޓްސް މޮޅުވިއިރު 3 ވަނަ މެޗުން މޮޅުވީ ދަޑިމަގު ފަންނު ޓީމެވެ. ޖުމްލަ 12 ޓީމަކުން ވާދަކުރާ މިމުބާރާތުގެ ކުޅުން އޮންނަނީ ކޮންމެ ރެއަކުވެސ 3މެޗު ކުޅޭއިރު ފުރަތަމ މެޗު ފަށަނީ 2030 ގައެވެ.
ރޭގެ މެޗުތަކުގެ ކުޅިބެލުމަށް ގިނަބަޔަކު ހާޒިރުވެފައި ވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އޭގްރޫޕުގެ ހޯދަޑު ސްޕޯޓްސް އާއި އެފްސީ ދިގުވާނޑެވެ. މިމެޗުގެ ފަހުހާފުގައި ހޯދަޑު ސްޕޯޓްސް އިން ގޯލެއް ކާމިޔާބުކޮށް މެޗު ނިމުނީ 1-0 ން ހޯދަޑު ސްޕޯޓްސް މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ސްޕޯޓްސްގެ އަލީ ޒިދާން ރަމީޒު އެވެ.

ހޯދަޑު ސްޕޯޓްސް ފުރަތަމަ މެޗު 1-0 ން ކަމިޔާބުކުރި.
މުބާރާތުގެ ދެވަނަ މެޗުގައި އެފްސީ ފުނާޑު އާއި އެފްސީ ދަޑިމަގު ވާދަކުރި މެޗު ނިމުނީ 3-3 ން ދެޓީމު އެއްވަރުވެގެންނެވެ. ގްރޫޕް ބީގެ މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ފުނާޑުގެ އަބްދުﷲ ރަޝީދެވެ. އަބްދުﷲ ރަޝިދު އަކީ އެބްސީ ފުނާޑު ޓީމަށް ބޭރު އަވަށަކުން (ދޫނޑިގަން) ކުޅޭ ހަމަ އެކަނި ކުޅުންތެރިޔާއެވެ.

ފުޏާޑު އެފްސީގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެން
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ އެފްސީ ހޭޅިފަށޮ އާއި ދަޑިމަގު ފަންނު ޓީމެވެ. މިެޗު ނިމުނީ 5-3 ލަނޑުން ދަޑިމަގު ފަންން ޓީމު މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ދަޑިމަގު ފަންނު ޓީމުގެ ޝިމާއު ޝަފީގުއެވެ. ޝިމައުއަކީ ދަޑިމަގު ފަންނު ޓީމަށް ބޭރު އަވަށަކުން (ދޫނޑިިގަން) ކުޅޭ ހަމަ އެކަނި ކުޅުންތެރިޔާއެވެ. އެފްސީ ހޭޅިފަށަކީ ހޯދަޑު އަަވަށު ޓީމެކެވެ.

ރޭގެ ދެވަނަ މެޗާއި 3 ވަނަ މެޗުގެ މޮޅު ކުޅުންތެރިން
މިމުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭ އިން ދަޑިމަގު ޓީނޭޖަސް އާއި މާލެގަމު އެފްސީ އާއި ބީ ގްރުޕުން މިސްކިތްމަގު އެންމެންގެ ގުޅުން އާއި ދަޑިމަގު ބީޓީ އެވެ. އަދި ގްރޫޕް ސީން މިރޭ ގެ ފަހު މެޗުގައި ވާދަކުރާނީ ނެރެގަނޑޮ އެފްސީއާއި ހޯދަޑް ސްޕޯޓްސް ޖޫނިއާ އެވެ.
މިމުބާރާތުގައި ދަޑިމަގުން 5 ޓީމާއި ހޯދަޑުން 3 ޓީމުގެ އިތުރުން ދިގުވާޑުން ޓީމަކާއި، މިސްކިތްމަގު ޓީމަކާއި، ފުނާޑުން ޓީމެއް އަދި މާލެގަމުން ޓީމެއް ވާދަކުރެވެ.
މުބަރާތް އިންތިޒާމު ކޮމެޓީެގ މެމްބަރު އަލީ ހަސަން އާއި ހަވާލާދެއްވައި މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތުގެ ކުޅުން ކުރިޔަށްގެންދނީ ހޯދަޑު ފުޓްސަލް ކޯޓުގައި މިމަހު 19 އިން ފެށިގެންނެވެ. ކޮންމެ ރެއަކުވެސް 3 މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާ ކަމާއި ފުރަތަމަ މަޗު ފަށާނީ 20:15 ގައި ދެވަނަ މެޗު 21:15 ގައި އަދި ފަހު މެޗު 22:15ގައި ކަމަށެވެ.

ހަވިއްތަ ފުޓްސަލް ޗެލެންޖެ 2020 – ފުރަތަމަ ދުވަހުގެ ކުޅުން
މީގެ އަހަރުތަކެއް ކުރިން، 1990 ގެ އަހަރުތަކުގައި ހޯދަޑު އަވަށުގައި ވަރަށް ފޯރިއާއެކު ހަވިއްތަ ކަޕުގެ ނަމުގައި އަވަށު ޓީމުތަކުގެ މެދުގައި ފުޓުބޯޅަަ މުބާރާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެދުވަސްވަރު ރާއްޖެއަށް ފުޓްސަލް ތައާރަފުވެފައެއް ނުވެއެވެ. އެމުބާރާތްތައް ގިނައިން ބާއްވާފައި ވަނީ ދެއީދުގެ ދުވަސްތަކާއި ދިމާކޮށެވެ.

ހޯދަޑު ފުޓްސަލް ކޯޓު



ޚިޔާލުތައް