ރޭ ކުޅެވުނުު ހަވިއްތަ ހަވިއްތަ ފުޓްސަލް ޗެލެންޖް 2020ގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކާމިޔާބުކޮށް މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން) އާއި ހޯދަޑު ސްޕޯޓްސް އިން ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި މިސްކިތްމަގު އެންމެން ޓީމާއި ބައްދަލުކުރި މެޗުގެ ފުރަތަ ގޯލު ހޯދަޑު ސްޕޯޓްސް ޖޫނިއަސް އިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅުގަައެވެ. އެ ގޯލު ކާމިޔާބުކުރީ މިސްކިތްމަގު ޓީމުގެ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ އިރު-އުތުރު ފަރާތުން ލިބުނު ހިލޭ ޖެެހުމެއް އަނެއް ފަރާތުގައި ހުރި ޓީމު ކުޅުންތެރިއަކަށް ޕާސް ކޮށްލުމުން އޭނާ ގޯލު އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ދުރު ފަރާތުން މަތީކަނަށް ވަދެގެނެނެވެ.

ރޭގެ މެޗުގައި މިސްކިތްމަގު އެންެމެންޓީމުން މޮޅުވެ އުފާ ފާޅުކުރަނީ
އެއާއެކު މިސްކިތްމަގު ޓީމުން ކުޅުން ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މާގިނަ އިރުތަކެއް ނުވަނީސް އެޓީމުން ދިން ވަރުގަދަ ހަމަލާއެއް ހޯދަޑުު ޓީމުގެ ގޯލްކީޕަރު އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލިއެވެ. މިސްކިތްމަގު ޓީމުން ނެގި ކުރު ކޯނަރުގައި ހޯދަޑު ޓީމުގެ ކުޅުންތެރިއަކު ގޯލްއޭރިއާ ކައިރިން ކުރި ކުށަކަށް ހިލޭ ޖެހުމެއް ލިބުނެވެ. މިސްކިތްމަގު ޓީމުގެ ހިލޭޖެހުން ފަހަތުގައި ހުރި ޓީމު ކުޅުންތެރިޔާއަށް ޕާސް ކޮށްލުމުން އޭނާ ގޯލަށް ފޮނުވާލި ބޯޅަ ވެސް ގޯލުގެ ދުރުން މަތީ ކަނަށް ވަދެގެން މެޗުގެ ނަތީޖާ 1-1 ން ހަމަހަމަވި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މިސްކިތްމަގު ޓީމުން އިތުރު ގޯލެއް ޖަހައި ނަތީޖާ އެޓީމުގެ ކޮޅަށް 2-1 ން އަނބުރާލިއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީ އާއި އެވާފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ މިސްކިތްމަގު އެންމެން ޓީމުގެ ޖޯޒީ ނަމްބަރު 11 އަހުމަދު މުއާޒު އެވެ.

ރޭގެ މެޗުގައި ހޯދަޑު ސްޕޯޓސް ޓީމުން ގޯލު ޖަހައި އުފާފާޅުކުރަނީ
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފުނާޑު އެފްސީއާއި ހޯދަޑު ސްޕޯޓްސްއެވެ. މިމެޗު ނިމުނީ 1-0 އިން ހޯދަޑް ސްޕޯޓްސް އިން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިގެންނެވެ. ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެއެވެ.

ހޯދަޑު ސްޕޯޓްސް އިން ސެމީ ފައިނަލަށް ދިއުމުން ސަޕޯޓަރުންނާއި އެކު އުފާފާޅުކުރަނީ
ހޯދަޑު ޓީމުގެ ގޯލަކީ، ފަހު ހާފު ފަހުކޮޅު ފުނާޑު ޓީމުގެ ގޯލްކީޕަރު އެއްލި ބޯޅައެއް ހޯދަޑު ޓީމުގެ ހާފުގެ ތެރެއިން އެޓީމުގެ ޖޯޒީ ނަމްބަރު 11 ހޯދާފައި ޖޯޒީ ނަމްބަރު 17 އަށް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. ހޯދަޑު ޓީމުގެ ޒައިދާން މިސްކިތްމަގު ޓީމުގެ ހާފުގެ މެދެއްހާ ހިސާބުގަިއ ހުރެފައި ތިރިތިން ފޮނުވާލި ބާރު ބޯޅަ ގޮސް ވަނީ ފުނާޑު ޓީމުގެ ގޯލުގެ ތިރީކަނަށެވެ. އެއާއެކު އެޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ވިއެވެ.

ކްއާޓާ ފައިނަލު ފަހު ދެމެޗުގެ މޮޅު ކުޅުންތެރިން
ރޭގެ ފުރަތަމަ ކްއާޓާ ފައިނަލު މެޗުގެ މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ހޯދަޑު ސްޕޯޓްސްގެ ޖ.17 އަލީ ޒައިދާން ރަމީޒް އެވެ.

ރޭގެ ދެމެޗާއެކު މިވަނީ ކުއާޓާ ފައިނަލުގެ މެޗުތައް އެއްކޮށް ނިމިފައި
ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ފަހުގެ ދެމެޗުގެ ނަތީޖާ ފުރިހަމަ ކުޅުމުގެ ތެރެއިން މިވަނީ ނެރެފައެވެ.

ސެމީ ފައިނަލް މެޗުތަކުގެ ގުރު ނެގުން
ރޭގެ ކުއާޓާ ފައިނަލް ފަހު މެޗަށްފަހު ވަނީ މިމެޗުގައި ބައްދަލުކުރަން ޖެހޭ ޓީމުތައް ގުރުއަތުން ހޮވާފައެވެ. މިރޭ މުބާރާތުގެ ސެމީ ފައިނަލުގެ ދެމެޗު ކުޅޭނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަަ މެޗުގައި މެޗުގައި މިރޭ 20:30ގައި ބައްދަލުކުރާނީ ނެރަގަނޑޮ އެފްސީ އާއި ދިގުވާނޑު އެފްސީގެމެޗެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ މިހޯދީ ގްރޫޕް އެކެއްގެ 1 ވަނަ އަދި 2 ވަނަ ޓީމާއި ގްރޫޕް ދޭއްގެ 3 ވަނަ ޓީމާއި ގްރޫޕް ތިނެއްގެ 2 ވަނަ ޓީމެވެ.
ދެވަނަ މެޗުގައި 21:30 ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ވާދަކުރާނީ ހޯދަޑުު ސްޕޯޓްއެވެ.

ސެމީ ފައިނަލުގައި މިރޭ ކުޅޭ ދެޗު
ޚިޔާލުތައް