މިހަފުތާގެ ހިސާބު ސުވާލު އަމާޒު ކުރެވިފައި މިވަނީ އާއްމު ވިސްނުމުން ވެސް ޖަވާބު ހޯދާލެވޭފަދަ ސުވާލަކަށެވެ. އެކަމަކު މިސުވާލުގެ ޖަވާބު ހިސާބު ޖެހުމުގެ އުސޫލަކުން ވެސް ހޯދާލެވޭނެއެވެ.
ސުވާލު: ރައްޓެސަކު ތިން ފޮށިގަނޑު، 3 ރިޒޯޓަކަށް ފޮނުވުމަށް ތިބާއާއި ހަވާލުކޮށްފިއެވެ. އޭގައި ލޭބަލް ކުރެވިފައި ވަނީ، އަލަ، އަނބު އަދި އަލަ އާއި އަނބު އެވެ. މަތީގައި ވާ ކުރެހުމުގައި ވާ ގޮތަށެވެ. އެކަމަކު އެކުރިވެރިޔާ ބުނީ އެ ލޭބަލް ތައް ޖެހިފައި ހުރީ ގޯސްކޮށް ކަމަށެވެ.
ކޮންމެ ސަޕްލައި ދޯންޏަކާއި ރަނގަޅު ފޮށިގަނޑު ހަވާލު ކުރުމަށްޓަކައި ތިބާއަށް ޖެހުނީ އެ ފޮށިގަނޑުތަކުގައި ހުރިއެއްޗެއް ބަލާފައި، ނަން ރަނގަޅު ކުރާށެވެ. އެކަމަކު، ފޮށިގަނޑު ކަނޑާފައި އަލުން ބަންދު ކުރުމަށް އެވަގުތު ސާމާނު ލިބެން ހުރި ގޮތުން ތިބާއަށް ކަނޑާފައި ބެލެން އޮތީ އެންމެ ފޮށިގެނޑެކެވެ.
ވީމާ މިހާލަތުގައި ލޭބަލްތައް ރަނގަޅު ކުރުމަށްޓަކައި ތިބާ ކަނޑާނީ އެ 3 ފޮށިގނަޑުން ކޮން ފޮށިގަނޑެއް ހެއްޔެވެ؟ އަދި ލޭބަލްތައް ރަނގަޅު ކުރާނީ ކޮންގޮތަކަށް ހެއްޔެވެ. އަދި މިކަން ރަނގަޅު ކުރުމަށް ބޭނުން ކުރެވޭނެ ހިސާބުގެ އުސޫލަކީ ކޮބައި ހެއްޔެވެ؟
ކުރީ ހަފުތާގެ ރަނގަޅު ޖަވާބު:
ކުރީ ހަފުތާގެ ވަރަށް ގިނަ ފަރާތްތަކުން ރަނގަޅު ޖަވާބު ފޮނުވާފައި ވެއެވެ. އެކަމަކުވެސް ރަނގަޅު ނޫން ޖަވާބުތައް ވެސްހުއްޓެވެ. ބައެއް ފަރާތްތަކުން ޖަވާބު ރަނގަޅު ވާންވީ ސަބުވެސް ސާފުކޮށްދީފައި ވެއެވެ.
އެއީ: ކާރު ޕާކެއްގައި ނަމްބަރު ބިންމަތީގައި ޖަހާފައި ހުންނަނީ ކާރުގައި އިންނަ ދުއްވާ މީހާއަށް ފަސޭހައިން އެގޭނޭ ގޮތަށް ކަމުން، ކުރީ ހަފުތާގެ ސުވާލުގައި ވާ ނަމްބަރުތައް ހުރީ އިދިކޮޅަށް ފެންނަ ގޮތަށެވެ. އެނަމްބަރު ތައް ކާރުވަންނަ ކޮޅުން، އަނބުރާފައި ބަލާލުމުން ވަރަށް ފަސޭހަކަމާއެކު ޕެޓާރން އެނގި ޖަވާބު ލިބޭނެއެވެ.
ރަނގަޅު ޖަވާބަކީ 87 އެވެ. އެއީ އެ ނަމްބަރުތައް ހުރީ 86، ___، 88، 89، 90، 91 މިތަރުތީބުންނެވެ.
ޚިޔާލުތައް