A wide advertisement which will be shown on all devices. (700 x 100)

ފަގީރުންގެ ދަފުތަރުގައި ހިމެނުމަށް ފުރުސަތު ހުޅުވާލައިފި

ފަގީރުކަމުގެ ސާރވޭ 2018، ދުވާލަކަށް 74 ރ. އަށްވުރެ މަދުން ލިބެނީ ފަގީރުން

ފަގީރުންގެ ދަފުތަރުގައި ހިމެނުމަށް ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލައިފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން މިކަމާއި ގުޅޭ ގޮތުން ނެރުނު އިއުލާނުގައި ވާގޮތުން އަލަށް ރަޖިސްޓްރީ ވާން ޖެހެނީ މިހާރު ފަގީރުންގެ ދަފުތަރުގައި ހިމެނިފައި ނުވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކުންނެވެ.

އެގޮތުން މި ޖުލައި މަހު 23 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން މިކަމަށް ކަނޑައެޅިފައިވާ ‘ފަގީރުންނާއި މިސްކީނުގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމަށް އެދިފައި ވެއެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ، ކުރީގެ ރަށު އޮފީސް ހިންގި އިމާރާތުގެ، މޮސްކް ޔުނިޓުންނެވެ.

ނިމުނު ރޯދަމަހު ފިތުރު ޒަކާތް މީހުންނަށް ބަހާފައިވަނީ ފާއިތުވި އަހަރު އެކުލަވާލައި އަދި އަޕްޑޭޓް ކުރި ފަގީރުންގެ ލިސްޓަކަށްވެފައި ވުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު މަޖުލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މި އަހަރު ފަގީރުންގެ ލިސްޓްގައި ޖެހެން ފުރުސަތު ހުޅުވާނުލައި ފިތުރު ޒަކާތް ބަހާފައިވާތީ އެކަން ކޮށްފައިވަނީ އެންމެ އިންސާފުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ވަނީ ނިންމާފައެވެ. އެއާއެކު އަލުން ފަގީރުންނާއި މިސްކީނުނގެ ލިސްޓް އެކުލަވާލެވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިވަނީ ފަށާފައެވެ.

2020 ވަނ އަހަރު ފުވައްމުލައް ސިޓީ އިން ފިތުރު ޒަކާތް ދެއްކި ގޮތް

މިއަހަރު ފަގީރުން ގޮތުގައި ފުވައްމުލަކު ސިޓީގައި ކުރިން ރަޖިސްކޮށްފައި ވަނީ 241 ފަރާތެއްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ. އަދި މިއަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ އެ 241 މީހުންގެ މެދުގައެވެ. ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް ފުވައްމުލައް ސިޓީން ލިބިފައިވަނީ 747.06 ރުފިޔާއެވެ.

2018 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ފަގީރުކަމުގެ ސާރވޭ 2018،  ރިޕޯޓުން ރާއްޖޭގެ ފަގީރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 74 ރ. އަށްވުރެ މަދުން ލިބޭ މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !