A wide advertisement which will be shown on all devices. (700 x 100)

އީބޭގެ ކްލެސިފައިޑް ވިޔަފާރި 9.2 ބިލިއަަނަށް ވިއްކާލައިފި

އޮންލައިން ވިޔަފާރީގެ މަޝްހޫރު އީބޭ ކުންފުނިން އެކުންފުނީގެ ކްލެސިފައިޑް ވިޔަފާރި ނޯވޭގެ އެޑްވިންޓާ އަށް 9.2 ބިލިއަނަށް ޑޮލަރަށް ވިއްކާލައިފިއެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިން އީބޭއިން ފެށި ކްލެސިފައިޑް ވިޔަފާރި ވިއްކާލީ އެވިޔަފާރީން އެކަށީގެންވާ ނަފާ ނުނެރެވޭތީވެ އިންވެސްޓަރުންގެ ޕުރެޝަރު ބޮޑުވެގެނެވެ. މިދިޔަ އަހަރު މާރިޗު މަހު ތެރޭ އީބޭއިން އިއުލާންކުރި އެކުންފުނީގެ ސްޓެރެޓެޖިކް ރިވިއު ތެރެއިން މީގެ ކުރިންވަނީ ސްޓަބްހަބް 4 ބިލިއަނަށް ވިއްކާލާފައެވެ.

އީބޭގެ ކްލެސިފައިޑްސް އެޑްވިންޓާއަށް ވިއްކާލި މުއާމަލާތުގެ ތެރޭގައި 2.5 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާގެ އިތުރުން އެޑްވިންޓާގެ 540 މިލިއަން ހިއްސާވެސް ހިމެނެއެވެ. މިހިއްސާ އާއިއެކު އެޑްވިންޓާގެ 44 އިންސައްތަ އީބޭއަށް ލިބޭނެއެވެ.

ނޯވޭގެ އެޑްވިންޓާއަކީ އޮންލައިން ކްލެސިފައިޑް ވިޔަފާރީގެ ފުންނާބު އުސް ކުންފުންޏެކެވެ. މިދިޔަ އަހަރު ނޯވޭގެ އޯސްލޯގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރި އެޑްއެވިންޓާ އިން އީބޭގެ ކްލެސިފައިޑް ވިޔަފާރި ގަތުމާއިއެކު އެކުންފުނީގެ ހިއްސާގެ އަގު 32 އިންސައްތަ އުފުލުނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !