A wide advertisement which will be shown on all devices. (700 x 100)

ގއ.އަތޮޅު ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް

ގއ. އަތޮލު

ފުވައްމުލައް ސިޓީ ކައުންސިލާއި ގއ. އަތޮޅު ކައުންސިލުން ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުމެއް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި މިއަދު ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ކައުންސިލުގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ކައުންސިލް ހިންގުމުގެ ތަޖުރިބާ ހިއްސާ ކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެގޮތުން ފުވައްމުލައް ސިޓީ އާއި ގއ. އަތޮޅާއި ދެމެދު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި ފުވައްމުލައް ސިޓީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މީގެ އިތުރުން، ދެ ކައުންސިލް ދެމެދުގައި އެއްބަސްވުމެއް ގާއިމު ކުރުމަށް ވެސް ވާހަކަ ދެކެވިފައި ވެއެވެ.

ގއ.އޮތޮލު ކައުންސިލުން ފުވައްމުލައ ްސިޓީ ކައުންސިޅާއި އެކު ބޭއްވި ބައްދަލުވުން. ފޮޓ؛ ފސ

ހުވަދު އަތޮޅު އުތުރު ބުރި ނުވަތަ ގއ. އަތޮޅަކީ ކުރިން ދެކުނުގެ ބަޣާވާތުގެ ދުވަސްވަރު ގދ.އަތޮޅާއި އާއި އެއްކޮށް އޮތް ހުވަދު އަތޮޅުގެ ބައެކެވެ. 1970 ގެ އަހަރު ތަކުގައި ހުވަދު އަތޮޅު ދެބައި ކުރެވި ގއ. އަތޮޅު ވެރިކަން ކުރާ ރަށަކީ ވިލިނގިލި ކަމުގައި ހަމަޖެހުނެވެ. އަދި ކުރީގައި ވެސް ވެރިކަން ކުރަމުން އައި ތިނަދޫ އަކީ ގދ.އަތޮޅުގެ ވެރިރަށް ކަމުގައި ހަމެޖުނެވެ.

ގއ. އަތޮޅުގައި ޖުމްލަ 87 ރަށް އޮންނަ އިރު ގިނައީ ފަޅުރަށްރަށެވެ. އޭގެތެރެއިން މިހުން ދިރިއުޅެނީ 10 ރަށުގައެވެ. އެއީ:

ކޮލަމާފުށި، ދެއްވަދޫ، ވިލިނގިލި

މާމެންދޫ، ނިލަންދޫ، ދާންދޫ، ކޮނޑޭ

ދިޔަދޫ، ގެމަނަފުށި، ކަނދުހުޅުދޫ އެވެ.

ވެރިކަން ކުރާ ވިލިނގިލި އޮންނަނީ ހުވަދު އަތޮޅުގެ އިރުމަތި ފަރާތުގައެވެ.

ގއ. އަތޮޅުގެ އެއާޕޯރޓް އޮންނަނީ ވިލިނގިލި ކައިރިން ކޫއްޑުގައެވެ. އަދި އެ އަތޮޅުގައި ދެ ރިޒޯޓެއް ވެސް އޮވެއެވެ. އެއީ ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ އާއި ދަރެޒިޑެންސް މޯލްޑިވްސް ފަޅުމާފުށި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !